ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލަށް މިއަދު ދީނީ ފޮތްތަކެއް ހަދިޔާކޮށްފި އެެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ކޭއޯއަށް ވިދާޅުވީ ފޯކައިދޫ ސްކޫލަށް މިއަދު ދީނީ 40 ފޮތް ހަދިޔާކޮށްދީފައިވާނެ ކަމަށާއި އެގޮތުން ދީނީ އެކި ފޮތްތަކާއި ތަޖުވީދު ފޮތްތައް ވެސް ހިމެނޭނެ ކަމަށެވެ.
ރާޝިދު ވިދާޅުވީ ފޮތްތައް ސްކޫލަށް ހަދިޔާ ކުރުމުގެ މަގުސަދަކީ ސްކޫލުގައި ދީނީ ފޮަތްތައް ނެތުމާއެކު ދަރިވަރުންގެ މެދުގައި ދިނީ ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ.
މި ފޮތްތައް ކައުންސިލްގެ ފަރާތުން ފޮތްތައް ހަދިޔާ ކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދެވެ. ސްކޫލްގެ ފަރާތުން ފޮތްތަކާއި ހަވާލުވެލެއްވީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު މަތީންނެވެ.