ކުޅުދުއްފުށީގައި ހިންގާ ބެސްޓްބަޑީ ފިހާރައިން ހދ އަތޮޅު ތައުލީމީ މަރުކަޒަށް 18000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.
ބެސްޓްބަޑީ ފިހާރައިން އެ ސްކޫލަށް ހަދިޔާކޮށްފައިވަނީ 50 އިންޗީގެ އެޗްޑީ ފުލް ސްމާޓް ޓީވީއަކާއި ސައުންޑް ސިސްޓަމެކެވެ.
ހދ އޭއީސީގައި މިރޭ ބޭއްވި ހަފްލާއެއްގައި މިތަކެތި ހަވާލުކޮށްދެއްވީ ބެސްޓްބަޑީގެ އޯނަރު އިބުރާހިމް ރަޝީދެވެ. ތަކެއްޗާއި ހަވާލުވެލެއްވީ އެސްކޫލުގެ އެޑްމިނިސްޓްރޭޓަރު ފާރިޝް އެވެ.
ބެސްޓްބަޑީއިން މިދިޔަ މަހު އަމީރު އަމީން ސްކޫލަށްވެސް ވަނީ 13000 ރުފިޔާތަކެތި ހަދިޔާކޮށްފަ އެވެ.
މިރޭ އޭއީސީގައި ބޭއްވި ހަފްލާގައި އިބުރާހިމް ރަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގެވެސް ސްކޫލުތަކަށް މިފަދަ ބޭނުންތެރިތަކެތި ހަދިޔާކުރާނެ ކަމަށެވެ.