twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެއާޕޯޓް އަޅާ ސަރަހައްދުގައި ހުރި ގެތަކަށް އުތުރު ބަނދަރުން ބިން ދޫކުރަނީ

Sep 10, 2017

ކުޅުދުއްފުށީގައި އަޅާ އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ހުރި ގެތަކަށް ބިމުގެ ބަދަލުދޭން ނިންމާފައިވަނީ  އުތުރު ބަނދަރު ސަރަހައްދުން ކަމަށް ކައުންސިލުން ބުނެފި އެވެ.

އެއާޕޯޓް އަޅަން ސަރަހައްދުގައި ހުރި 18 ގޯތި ބަދަލުކުރުމަށް ނިންމާފައިވަނީ މިހާރު އިމާރާތްކުރާ މަސްޖިދުލް ފިރުދައުސް ހުންނަ ސަރަހައްދަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ކޭއޯއަށް ވިދާޅުވީ އެއާޕޯޓަށް އަރާ ސަރަހައްދުގައި ހުރި ގޯތިތަކަށް ބިމުގެ ބަދަލުދޭން ނިންމާފައިވަނީ މަސްޖިދުލް ފިރުދައުސް ހިމެނޭ ސަރަހައްދު އޮންނަ ހުސްބިމުން ކަމަށެވެ.

 “މަގުތަކުގެ ތާރާއެކު އެއާޕޯޓްވެސް ހަގީގަތަކަށް ވާނެ” ނިހާނު

އެ 18 ގެއަކީ 3200 – 3600 އަކަފޫޓްގެ ގޯތިތައްކަމުން ބިމުގެ ބަދަލުދޭއިރު ދޭނީ ހަމަ އެ ސައިޒްގެ ގޯތިތައްކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި އޮތީ ގޯތިތައް ދޭ ސަރަހައްދު ކަނޑައެޅުން ކަމަށެވެ. ލަތީފް ވިދާޅުވީ އެސަރަހައްދުން އެސައިޒްގެ 18 ގޯތި ނެނގޭވަރަށް ބިމުން ޖާގަ ލިބޭ ކަމަށެވެ

އަބުދުލް ލަތީފް ވިދާޅުވީ އިމާރާތަށް ބަދަލުދޭނީ އިމާރާތުގެ އަގުމަގު ބެލުމަށްފަހު ކަމަށެވެ. ސަރުކާރުން އެންގުމުން ގެތަކުގައި ހަދާފައިވާ އިމާރާތުގެ އަގު ބަލަން ފަށާނެ ކަމަށެވެ.

ކުޅުދުއްފުށީ ލޭންޑްޔޫސް ޕްލޭންގައި އެއާޕޯޓް ހިމަނައި،އެކަން ކައުންސިލަށް އަންގައިފި

އެއާޕޯޓް އަޅާ ސަރަހައްދުގައި ހުރި ރުއްގަހުގެ އަދަދުވެސް މިހާރު ކައުންސިލުން ވަނީ ބަލާފަ އެވެ. އެގޮތުން އެސަރަހައްދުގައި 2200 ވުރެ ގިނަ ރުއްގަސް އެބަހުއްޓެވެ.

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޑޮމެސްޓިކް އެއާޕޯޓް، މިރަށު ލޭންޑްޔޫސް ޕްލޭންގައި ހިމަނައި ކައުންސިލަށް އެކަން އަންގަފައިވަނީ މިދިޔަ ޖުލައިމަސް ތެރޭގަ އެވެ.

ރާއްޖޭގައި އެހެން އެއާޕޯޓެއްގެ މަސައްކަތް ފަށާނީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފަށާފަ: ޒަމީރު

1200 މީޓަރުގެ ދިގު ރަންވޭއަކާ އެކު ގާއިމްކުރާ މިއެއާޕޯޓް ހެދުމަށް ނިންމާފައިވަނީ އުތުރުކޮޅު ކުޅިން ބައެއް ހިއްކައިގެންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355