twitterviber whatsapp telegramfacebookyoutube instagram
27th June 2025

އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކީ މިލަންދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލް

އަބްދުލް ވާހިދު ޙަސަން
Jun 27, 2025

އުތުރުގެ ސްކޫލްތަކުން ބައިވެރިވެ ބޭއްވި އިންޓަރ-ސްކޫލް އެތުލެޓިކްސް މުބާރާތުގައި ގިނަ ކާމިޔާބީތައް ށ މިލަންދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލުން ހޯދައިފި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ މި މުބާރާތުން 19 ސްކޫލަކުން 700 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވި ރޭ ޒޯން ސްޓޭޑިއަމްގަ އެވެ.

މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއިލް ރަފީޤެވެ. މީގެ އިތުރުން ނ އަތޮޅު ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި އެވެ.

މި މުބާރާތުގައި އެންމެ ގިނަ ވަނަތައް ހޯދައި އެންމެ ކާމިޔާބު ސްކޫލެއްގެ ގޮތުގައި މުބާރާތް ނިންމާލީ މިލަންދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލެވެ.

- 13 އަހަރުން ދަށުގެ ބައިން ތިންވަނަ ސްކޫލް (ފިރިހެން) : ހދ ނާވައިދޫ ސްކޫލް.

- 13 އަހަރުން ދަށުގެ ބައިން ތިންވަނަ ސްކޫލް (އަންހެން) : ޖަލާލުއްދީން ސްކޫލް.

- 13 އަހަރުން ދަށުގެ ބައިން ދެވަނަ ސްކޫލް (ފިރިހެން): ނޮޅިވަރަންފަރު ސްކޫލް.

- 13 އަހަރުން ދަށުގެ ބައިން ދެވަނަ ސްކޫލް (އަންހެން): އަފީފުއްދީން ސްކޫލް.

- 13 އަހަރުން ދަށުގެ ބައިން އެއްވަނަ ސްކޫލް (ފިރިހެން): މިލަންދޫ ސްކޫލް.

- 13 އަހަރުން ދަށުގެ ބައިން އެއްވަނަ ސްކޫލް (އަންހެން): ނާވައިދޫ ސްކޫލް

- 15 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ސްކޫލް (ފިރިހެން): މިލަންދޫ ސްކޫލް

- 15 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ސްކޫލް (އަންހެން): އަފީފުއްދީން ސްކޫލް

- 17 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ސްކޫލް (ފިރިހެން): މިލަންދޫ ސްކޫލް

- 17 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ސްކޫލް (އަންހެން): ޖަލާލުއްދީން ސްކޫލް

- 20 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ސްކޫލް (ފިރިހެން): މިލަންދޫ ސްކޫލް

- 20 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ސްކޫލް (އަންހެން): ޖަލާލުއްދީން ސްކޫލް.

މުބާރާތުގެ އެންމެ މޮޅު އެތުލީޓުން

- 15 އަހަރުން ދަށުގެ އުމުރު ފުރާއިން އެންމެ މޮޅު ފިރިހެން އެތުލީޓް: އިބުރާހިމް ނަޝީޙް އަލީ / ށ މިލަންދޫ ސްކޫލް. ( 80މި ހާރޑަލްސް، ޓުރިޕަލް ޖަމްޕް، ހައި ޖަމްޕް - ރަންމެޑަލް)

- 15 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓް: އައިމިނަތު އައުހާ އަބުދުއް ރަހުމާން/ އަފީފުއްދީން ސްކޫލް. ( 100މ، 200މ، ލޯންގް ޖަމްޕް - ރަންމެޑަލް)

- 17 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު ފިރިހެން އެތުލީޓް: މުހައްމަދު ޒައިދާން
ޒާއިން / ށ މިލަންދޫ ސްކޫލް. (ޓުރިޕަލް، ހައި ޖަމްޕް- ރަންމެޑަލް)

- 17 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓް: މަރިޔަމް މީޝާ މުޖުތަބާ/ ޖަލާލުއްދީން ސްކޫލް. (200މ، 400މ، ލޯންގް ޖަމްޕް - ރަންމެޑަލް)

- 20 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު ފިރިހެން އެތުލީޓް: އަހުމަދު ޝައްމާހް އަލީ / ޖަލާލުއްދީން ސްކޫލް. (100މ، 200މ، 400މ - ރަންމެޑަލް)

- 20 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓް: އަހުނާ ނިޒާރު / ޖަލާލުއްދީން ސްކޫލް. (100މ، 200މ، 400މ -ރަންމެޑަލް)

ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށްގެންދިޔަ ނިންމުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ކައުންސިލަރުންނާއި ސިޓީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނާއި ރަށުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ އިދާރާތަކުގެ ވެރިން ބައިވެރިވެޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355