twitterviber whatsapp telegramfacebookyoutube instagram
14th March 2026

ޤުރުއާން މުބާރާތް ޖުލައި 19 ގައި، އިނާމު ހުށަހެޅުމަށް ހުޅުވާލައިފި

Jun 25, 2025

ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތަށް އިނާމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު 19 ވަނަ ދުވަހު އެވެ.

ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެގޮތުން މިދިޔަ އަހަރު ޤުރުއާން މުބާރާތް ބޭއްވުމުގެ ބަދަލުގައި ސިޓީ ކައުންސިލުން މަސައްކަތްކުރީ ކޯޗުން ހޯދައިގެން ތިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މަތިކުރުމަށެވެ.

އެގޮތުން ރަނގަޅު ފެންވަރުގެ ތިން ކޯޗުން ސިޓީ ކައުންސިލްގެ ހަރަދުގައި ގެނެސް ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުލާސްތަކެއް ކުރިއަށްގެންދިޔަ އެވެ.

ސިޓީ ކައުންސިލުން އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ، ޤުރުއާން މުބާރާތަށް އިނާމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމު އާންމުކޮށްފަ އެވެ.

މުބާރާތަށް އިނާމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 03 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް ކައުންސިލުން އެދެ އެވެ. އަދި ރަސްމީ ގަޑީގައި 6527170 ނަމްބަރަށް ގުޅައިގެންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355