twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޯހައުސް މައްސަލާގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް: ކުޅުދުއްފުށީ ކައުންސިލްގެ ރައީސް

Sep 11, 2017

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކޮށް ނިމިފައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން ބާއްވާ އަހަރެއް ވެގެންދިޔައިރުވެސް އެ ގެތަށް ލިބުނު ފަރާތްތަކަށް އެތަނަށް ވަދެވިފައިވާ ނުވަނީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތުމުންކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

މިރަށުގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކުގެ ތެރެއިން ޖަލާލުއްދީން ސްކޫލު ކައިރީގައި ހުރި ރޯހައުސްތަކާއި ހަސަނާތު މިސްކިތް ކައިރީގައި ހުރި ރޯހައުސްތަށް ހައުންސިންގ މިނިސްޓްރީން  އެންގުމަށް ގުރުއަތުލައި، އެގެތަށް ލިބިފައިވާ ފަރާތްތަށް ކަނޑައެޅިފައިވާތާ އެތަށް ދުވަހެއް ވަނީވެފައި އެވެ. އެގޮތުން ޖަލާލުއްދީން ސްކޫލް ކައިރީގައި ހުރި ރޯހައުސް ގުރުލުން ބާއްވާފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެގެންގޮސްފައި އެވެ.

އަބުދުލް ލަތީފް ވިދާޅުވީ ރޯހައުސްތައް ލިބިފައިވާ ފަރާތްތަކަށް  އެގެތަށް ހަވާލުނުކޮށް ސަރުކާރުން ހިފަހައްޓަން ޖެހޭ ނުވަތަ ނުދީ ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

“ހަގީގަތުގައި ލަސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑަށް ދެންނެވޭނީ އެއީ ސަރުކާރުގެ ސިޔާސަތުތައް ހުރިގޮތޭ. ނެތިއްޔޭ މިރަށުގައި މި ރާއްޖޭގައި އެއްވެސް ކަމެއް ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު ކޮށްދިނުމުގެ ވިސްނުން ސަރުކާރުގަ.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް

ޖަލާލުއްދީން ސްކޫލު ކައިރީގައި ހުރި ރޯހައުސްތަކުގައި މާފިލާފުށީގެ ދެ އާއިލާއަކުން ދިރިއުޅެމުންދާތާ 3 އަހަރުވެފައިވާއިރު އެތަނުގައި ހުރި އެހެން ރޯހައުސްތައް ލިބިފައިވާ ފަރާތްތަކަށް ހަވާލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަސަނާތު މިސްކިތް ކައިރީގައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން އިއުލާންކުރުމަށް ފަހު ކެންސަލުކުރީ އެތަނުގެ މަސައްކަތް ނުނިމޭކަމަށް ބުނެ މިނިސްޓްރީން އެކަން ކެންސަލްކުރުމަށް އަންގައިގެން ކަމަށެވެ. އެކަމަކު ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ވަނިކޮށް އަލުން މިނިސްޓްރީން އެދިގެން ގުރުއަތުލީއިރު އެތަނުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި އެއީ މިކަމުގައިވެސް ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމާވާކަމެއް ކަމެއް ލަތީފް ވިދާޅުވީ އެވެ.

” މިސްކިތް ކައިރީގައި ހުރި ރޯހައުސްތައް ގުރުއަލުން ބާއްވާން ފުރަތަމަ އިއުލާންކުރިތަނުން މިނިސްޓްރީ އެންގީ އެގެތަކުގެ ނަރުދަމާގެ މަސައްކަތް ނުނިމޭ ކަމަށް، އިއުލާނުކުރާނީ އެމަސައްކަތް ނިމުނީމަކަމަށް ބުނެ އެގެތަކުގެ އެއްވެސް މަސައްކަތެއް ނުކޮށް، ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ އޮއްވާ އަލުން އިއުލާންކުރަން އަންގާ ގުރުއަތުލީވެސް ” ލަތީފް ވިދާޅުވި އެވެ.

”  އަޅުގަނޑުމެން މިދަނީ ކެނޑިނޭޅި މިނިސްޓްރީއާ ހިއްސާކުރަމުން ،މިކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު. ރައްޔިތުން އިންތިހާއަށް ދަތިހާލުގައި އޭ ދިރިއުޅެމުން މިދަނީ. ”

ލަތީފް ވިދާޅުވީ ގުރުއަތުން ރޯހައުސްތައް ލިބިފައި ތިބި ފަރާތްތަކަށް ކައިރި މުސްތަގުބަލެއްގައި ރޯހައުސްތަކަށް ވަދޭވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެފަރާތްތަކުން ތިބީ ދިރިއުޅުމުގައި ކުރިއަށްދާނެ ގޮތެއް ނޭނގިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355