twitterviber whatsapp telegramfacebookyoutube instagram
25th April 2024

65 އަހަރުގެ ރޮހިންޔާ މުސްލިމެއް އަޅާލާނެ މީހެއް ނެތް

Sep 13, 2017

އުމުރުން 65 އަހަރުގެ ބޭގަމްއަކީ މިޔަންމާ ސަރުކާރުގެ އަނިޔާވެރި ކަމުން ސަލާމަތް ވުމަށް މިދިޔަ ހަފްތާ މިޔަންމާއިން ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޔާ މުސްލިމެކެވެ. މިއީ ބޭގަމް އަލްޖަޒީރާއާ ހިއްސާ ކޮށްފައިވާ ވާހަކަ އެވެ.

“އަހަރެންގެ ނަމަކީ ބޭގަމް ޖާން އުމުރުން 65. އަހަރެންގެ ހަޔާތުގެ ރާސްތާ ވޭތުކުރީ ވަރަން ވޭނުގަ. ފިރިމީހާ މީގެ 25 އަހަރުކުރިން އަހަރެންނާ ވަކިވުމަށްފަހު ދިރިހުރުމަށް ޖެހެނީ މަގުމަތީގަ ސަލާންޖަހަން. ދެ އަންހެން ދަރިން ކައިވެނި ކޮށްފަ. އަހަރެންނަށް އަޅާލާނެ މީހަކުނެތް.

އެރޭ އަހަރެން ނިދާފަ އޮއްވަ އިވުނީ ބަޑިޖަހާ ތަންތައް ރޯކުރާ އަޑު. އެ އަޑު ވަރަށް ގަދަ. ކަންފަތަށް ނުކުޅަދާނަވޭ. އެ އަޑު އިވުމަށްފަހު ނުއެއް އޮއެވުން ބޮލުގަ އެބުރެނީ އެ އަޑުތައް.

އެންމެން ދުވެ ފިލަނީ އެހެންވެ އަހަރެންވެސް އެމީހުންއެކީ ފިލީ. އެތާގަ އެކަނި ހުންނާކަށް ބޭނުމެއް ނުވި. ދެ ދުވަސް ނެގި ބަގުލަދޭޝް އަށް އަންނަން. އެ ދަތުރު ވަރަށް އުނދަގޫ. އަސާއެއް ހިފައިގެން ހިނގަމުންދާ އިރު އެހީވާނެ މީހެއް ނެއް. އެކަމަކު ބައިވަރު މީހުން ދޭ އެކީގަ. މިލިޓަރީ މީހުން ކޯރުތައް ބަލާކަމަށް ވާހަކަ ފެތުރުން. އެހެންވެ ބޯޓުގަ ކޯރު ހުރަސްކުރަން ވަރަށް ބިރުގަތް.

ނަމަވެސް މިހާތު މިހިރީ ބަގުލަދޭޝްގަ އަދިވަސް ބިރުގަނޭ މިލިޓަރީ މީހުންނަށް ފެނިދާނެތީ. އެކަމަކު މިތާގަ އުފާވޭ ބަޑީގެ އަޑު ނީވޭތި.

އަހަރެންނަށް ގަބޫލުކުރެވޭ ދުނިޔެއިން އަހަރެމެންނަށް އެހީވުމަށް މަސައްކަތް ކުރާކަން. އަދި އެކަމާ ވަރަށް ހިތްހަމަޖެހޭ. އަދި އަހަރެންގެ ވާހަކަ އެންމެންނަށް އަޑު އިއްވަން ބޭނުން އެކަމަކު އެކަމުން ވާނީ ކޮން މޮޅެއް ކަމެއްވެސް ނޭނގޭ. މިތާ މިހުންނަނީ މުސްތަގުބަލެއް ނެތިފަ ގޮތް ހުސްވެފައި.”

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355