twitterviber whatsapp telegramfacebookyoutube instagram
26th March 2026

އާދަޔާ ހިލާފު ޖަނަވާރެއް ޓެކްސަސްގެ ގޮނޑުދޮށަށް ލައްގައިފި

Sep 14, 2017

ތޫފާން ހާވިއަށްފަހު އާދަޔާ ހިލާފު ޖަނަވާރެއް ޓެކްސަސް ސިޓީގެ ގޮނޑުދޮށަށް ލައްގައިފައިވާ ފޮޓޯ ތަކެއް ސޯސަލް މީޑިޔާގައި ދަނީ އާންމު ވަމުންނެވެ.

މި އާދަޔާ ހިލާފު އެތި ފެނިގެން އެންމެ ފުރަތަމަ ފޮޓޯ ނަގައި ޓްވީޓްކޮށްފައި ވަނީ ޕުރީތީ ޑޭސައި ނަމަކަށް ކިޔާ އަންހެނަކު އެވެ. ބޮޑެތި ދަތްތަކާއި ލޯ ފެންނަން ނެތް ޗޮކްލެޓް ކުލައިގެ މި އެއްޗަކީ ކޮން އެއްޗެއްކަން ބެލުމަށް ޕުރީތީ ވަނީ އެދިފައެވެ.

Okay, biology twitter, what the heck is this?? Found on a beach in Texas City, TX. #wildlifeid pic.twitter.com/9IUuuL65qh

— Preeti Desai🌿 (@preetalina) September 6, 2017

ބައިލޮޖިސްޓް އަދި އީލް ސްޕެސިއަލިސްޓް ޑރ ކެނެތް ޓާއި ބުނެފައިވަނީ ބެލެވޭ ގޮތުގައި މިއީ ފެންގޓޫތް ސްނޭކް އީލް އެއް ކަމަށެވެ. އަދި މިއީ ގާޑެން އީލް ނޫނީ ކޮންގާ އީލް އަކަށްވެސް ވެދާނެ ކަމަށެވެ. އެއީ މި ތިން ވެނަކީވެސް ބޮޑެތި ދަތް ހުންނަ ވެން ކަމަށް ކެނެތް ބުނެފައި ވެއެވެ.

އޭނާ ބުނެފައިވަނީ މިފަދަ އެއްޗެއް މަރުވެގެން ގޮނޑުދޮށަށް ލެއްގުމަކީ ވަރަށް އާދަޔާއި ހިލާފު ކަމެއް ކަމަށެވެ. އެއީ މިފަދަ އެއްޗެއްސަކީ ވަރަށް ފުން ކަނޑުގައި ނޫނީ ނުފެންނަ އެއްޗެހި ކަމަށް ކެނެތް ބުނެފައި ވެއެވެ.

ފެންގޓޫތް ސުނޭކް އީލް އަށް ޓަސްކީ އީލް ކިޔައެވެ. އަދި މިފަދަ އީލް އަކީ 30 ނުވަތަ 90 މީޓަރ ފުން ކަނޑުގައި އުޅޭ އީލް އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355