twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުއްޓާއި ފަރުކޮޅުގައި އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނަން: ރައީސް

Sep 26, 2017

ކުޅުދުއްފުއްޓާއި ށ ފަރުކޮޅުފުނަދޫ އަދި ނ މާފަރުގައި އެއާޕޯޓުގެ އަމަލީ މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު އަލުން ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ށ. ފަރުކޮޅުފުނަދޫ އަދި ނ. މާފަރު އެއާޕޯޓު އެޅުމުގެ މަސައްކަތް ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީއާއިއެކު ފަށާނެ ކަމަށާއި ރާއްޖޭގައި ވައިގެ ބަނދަރުތައް ހެދުމަކީ ކުރިން އުނދަގޫ ކަމަކަށް ވިޔަސް، އެކަން ކުރަން މިހާރު ފަސޭހަ ކަމެއް ކަމަށެވެ.

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓު މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ވާހަކަ ރައީސް އަނެއްކާވެސް ދައްކަވާފައިވާއިރު މީގެ ކުރިން މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި ލ. މާވަށުގައި އިމާރަތް ކުރެއްވި މިސްކިތް ހުޅުވާ ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ކުޅުދުއްޓާއި ފުނަދޫގެ އެއާޕޯޓުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި އެހެން އެއާޕޯޓެއްގެ މަސައްކަތް ފަށާނީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފަށާފަ: ޒަމީރު

އަދި އޭގެ ކުރިން އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން 2014 ވަނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ އެއަހަރު ކުޅުދުއްފުއްޓަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅޭނެ ކަމަށާއި އަޅަން ޖެހޭކަމަށްވެސް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ށ ފުނަދޫ އަދި އިތުރު 3 ރަށެއްގައި ރީޖަނަލް އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދިނުމަށް އެމްޓީސީސީއިން ސަރުކާރަށް ހުށަހަޅާފައިވާއިރު އެ ފަސް ރަށުގެ ތެރެއިން ތިން ރަށެއް 2017 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނުމަށް އެއާޕޯޓު ޑިވެލޮޕްމެންޓަށް ހުށައަޅާފައިވެއެވެ. އެއީ ހދ. ކުޅުދުއްފުށީގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 157 މިލިޔަން ރުފިޔާ، ށ. ފުނަދޫގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 150 މިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓް ހަދަން ފަށާނަން : ރައީސް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355