twitterviber whatsapp telegramfacebookyoutube instagram
29th March 2024

އޯގަސްޓްމަހުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓަށް ބޯޓް ޖައްސައި އުދުއްސާނެ: ރައީސް

Nov 12, 2017

އަންނަ އޯގަސްޓްމަހުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓަށް ބޯޓް ޖައްސައި އުދުއްސާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

” އިރާދަކުރެއްވިއްޔާ މިއެއާޕޯޓަށް ބޯޓް ޖައްސައި އުދުއްސާނެ އަންނަ އޯގަސްޓްމަހުގެ ކުރިން ” ރައީސް ޔާމީން

ކުޅުދުއްފުށީގައި މިރޭ ބާއްވާ “އުދުހޭ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސްރޫއުގެ ފައިސާ 2018 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި އެއީ ބޭރުން ހޯދަން ޖެހޭ ފައިސާއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެން އޮތީ މަސައްކަތުގެ ހަލުވިކަން ކަމަށާއި މަސައްކަތް ނިންމާ އަންނަ އޯގަސްޓްމަހު އެ އުފާ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދެން އޮތީ މަސައްކަތުގެ ހަލުވިކަން ކަމަށާއި މަސައްކަތް ނިންމާ އަންނަ އޯގަސްޓްމަހު އެ އުފާ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއުގެ ބިން ހިއްކުމަށްފަހު މަހާ ޖައްރާފު ދެން މިސްރާބު ޖަހާނީ ށ ފުނަދޫއަށް ކަމަށެވެ. ފުނަދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓްގެ އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެމަޝްރުއުތަކަށް ހަނިމާދޫ، ކުޅުދުއްފުށީ އަދި ފުނަދޫގެ ރައްޔިތުންގެ އެއްބާރުލުން އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށެވެ. އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ ރަސްމިއްޔާތު މިއަދު ރައީސް ފައްޓަވައިދެއްވިއިރު 30 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އުތުރުކޮޅު ކުޅިންނާއި މޫދުން ބައެއް ހިއްކައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355