twitterviber whatsapp telegramfacebookyoutube instagram
13th December 2025

ފުރަތަމަ ފަހަރަށް ޕަރަ ގޭމްސްއަކުން ކުޅުދުއްފުށީ ދަރިވަރަކު ރާއްޖެއަށް މެޑަލެއް

މުޙައްމަދު އަހުމަދު
Dec 13, 2025

ފުރަތަމަ ފަހަރަށް ޕަރަ ގޭމްސްއަކުން ރާއްޖެއަށް މެޑަލެއް ހޯދައި ކުޅުދުއްފުށީ ދަރިވަރަކު ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ފަރަ ގޭމްސްގައި ރާއްޖެއަށް މެޑަލް ހޯދައިދިނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަން މުހައްމަދު ރިޒްހާން އެވެ.

35 ގައުމަކުން އެތުލީޓުން ވާދަކުރާ މި މުބާރާތުގައި ރިޒްހާން ލޯ މެޑެލް ރާއްޖެއަށް ހޯދައިދިނީ ފްރީ ސްޓައިލް އިވެންޓުންނެވެ.

"މިއީ އެތައް ޖީލަކަށް ހަނދާންކުރެވޭނެ ތާރީހީ ކާމިޔާބެކެވެ. ރިޒްހާން ހޯދި މި މެޑަލަކީ ހަމައެކަނި ނަތީޖާއަކަށްވުރެ މާ މުހިންމު ކަމެކެވެ. މިއީ ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ހަރަކާތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ." ރިޒްހާނުގެ މި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ޕަރަ އޮލިންޕިކް ކޮމެޓީން ބުންޏެވެ.

ޕަރަ ކޮމެޓީން ބުނީ، މި ކާމިޔާބީއިން ދައްކުވައިދެނީ، އެކަށީގެންވާ ތަމްރީނާއި އެހީތެރިކަން ލިބިއްޖެނަމަ، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ މައިދާނުންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދިދާނެކަމަށާއި މިއީ އެކަމުގެ ހެއްކެއްކަމަށެވެ.

މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކުރި ރިޒްހާންއަށާއި، އޭނާއަށް އެހީތެރިވެދިން ޕަރަ ފީނުންތެރިކަމުގެ ކޯޗުންނަށާއި، މި ކާމިޔާބީގެ ފަހަތުގައި ހުރި ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ހުރިހާ އެންމެންނަށް ތަހުނިޔާ ކިޔައި، އެކޮމެޓީން ޝުކުރު އަދާކުރި އެވެ.

މިއީ ހަމައެކަނި ފެށުމެއްކަމަށާއި ދިވެހި ޕެރަލިމްޕިކް ހަރަކާތަށް އުޖާލާ މުސްތަގުބަލެއް އޮތްކަމުގެ ހެއްކެއްކަމުގައި ޕަރަ އޮލިންޕިކް ކޮމެޓީން ބުންޏެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސް އުފެއްދީ ނުކުޅެދުންތެރިކަން ހުންނަ ޒުވާން އެތުލީޓުންނަށް ހާއްސަކޮށްގެން ބާއްވާ ސަރަހައްދީ މަލްޓި ސްޕޯޓްސް އިވެންޓެއްގެ ގޮތުގައި، އޭޝިއަން ޕެރަލިމްޕިކް ކޮމިޓީ (އޭޕީސީ) ގެ ދަށުންނެވެ. އެންމެ ފުރަތަމަ މި ގޭމްސް ބާއްވާފައިވަނީ 2009 ވަނަ އަހަރު މެލޭޝިއާގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355