twitterviber whatsapp telegramfacebookyoutube instagram
11th December 2025

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ނޭޝަނަލް ސެޓްފިކެޓް 3 އިން ޢިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް ކިޔެވުމުގެ ފުރުސަތު

Dec 11, 2025

ކުރިއަށް އޮތް ޖެނުއަރީ އިންޓޭކުގައި، ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިޕްރޮގްރާމަކީ ޑޮމެސްޓިކް އިލެކްޓްރީޝަނުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރި ބޭފުޅުންނަށް ހާއްސަކުރެވިގެން އެ މަސައްކަތައް ބޭނުންވާ އިލްމާއި ހުނަރު އުނގަންނައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. 4 މަސް ދުވަހުގެ މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ލޯކަލް ކޮންސްޓްރަކްޝަން ސެކްޓަރުގައި ޑޮމެސްޓިކް އިލެކްޓްރީޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.

އެގޮތުން:

• ޑޮމެސްޓިކް ސިންގަލް ފޭސް އަދި ތްރީ ފޭސް ކަރަންޓު ވަޔަރުކުރަން ދަސްވުން.

• ޑޮމެސްޓިކް ކަރަންޓު ވަޔަރިން ޓެސްޓުކޮށް، މައްސަލަތައް ބަލާ، ހޯދާ، ހައްލުކުރަން ދަސްވުން.

• ތަނެއްގެ ކަރަންޓު ވަޔަރުކުރަން ބޭނުންވާނެ ތަކެތީގެ އެސްޓިމޭޓު ހަދަން ދަސްވުން.

މިކޯހުގެ ކިޔެވުން ކުރިއަށްދާނީ ފޭސް-ޓު-ފޭސްކޮށް ވިލާކޮލެޖު ކުޅުދުއްފުށީ ކެމްފަހުގައެވެ. މިކޯހުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންނަށް މި ލިންކު މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މިޕްރޮގްރާމް އަދި ވިލާކޮލެޖުގެ އިތުރު ޕްރޮގްރާމްތަކާއި ބެހޭ އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

ވިލާކޮލެޖަކީ ދުނިޔޭގެ އެންމެ އިތުބާރު ހުރި އެއް ރޭންކިންގ ކަމަށްވާ ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގސްގައި ރޭންކުވެފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ތައުލީމުދޭ މަރުކަޒެވެ. މި ރޭންކިންގައި ވިލާކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 އިންސައްތަ ޔުނިވާސިޓީތަކުގެ ތެރޭގައެވެ. މިއީ ވިލާކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލައިގަންނަކަމުގެ ވަރުގަދަ ހެއްކެކެވެ.

ވިލާ ކޮލެޖަކީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވަރސިޓީ ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިންގްގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ. މިގޮތުން ވިލާ ކޮލެޖުވަނީ ކިއު އެސް ސްޓަރ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީ، އޮންލައިން ލާރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355