twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނޮޅިވަރަމް ދާއިރާގެ ނިކަމެތި ދަރިވަރުންނަށް ކައުންސިލަރުން ހުސެއިންގެ އެހީއެއް !

Nov 14, 2017

ހދ ނޮޅިވަރަމް ދާއިރާގެ ސްކޫލުތަކުގައި ކިޔަވާ ނިކަމެތި ދަރިވަރުންނަށް ބޭނުންވާ ބައެއް ސްކޫލު ސާމާނު ހަދިޔާކުރުމަށް  އެ ދާއިރާގެ އަތޮޅު ކައުންސިލަރުން ހުސެއިން ހަސަން ނިންމަވައިފި އެވެ.

ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ނޮޅިވަރަމް އާއި ނޮޅިވަރަންފަރެވެ. ކައުންސިލަރު ހުސެއިން ހަސަން ނިންމަވާފައިވަނީ އެ ދެ ރަށުގެ ސްކޫލުތަކުގައި ކިޔަވާ ނިކަމެތި ދަރިވަރުންނަށް، އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެކުދިންނަށް ބޭނުންވާ ބައެއް ސްކޫލް ސާމާނު ހިލޭ ފޯރުކޮށްދިނުމަށެވެ.

އެގޮތުން ކޮންމެ ރަށަކަށް  10،000ރ ގެ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ނިންމަވާފަ އެވެ. ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި ސްކޫލު ދަބަސް، އިންޓަވަލް ފުޅި، އަދި އިންޓަވަލް ތަށި ހިމެނެ އެވެ.

މި ތަކެތި ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން 7908015 އަށް ގުޅުވައިގެން ނަންނޯޓް ކުރުމަށް އެދެ އެވެ.

ހުސެއިން ހަސަން ފާހަގަކުރެވިފައިވަނީ ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ، އެހީތެރިކަން ފޯރުކޮށްދޭ ކައުންސިލަރެއްގެ ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355