twitterviber whatsapp telegramfacebookyoutube instagram
5th May 2026

ކުޅުދުއްފުށީގައި ހުރި ޒަމާންވީ ނިކަ ގަހާއި ކަނދުގަސްތަކެއް ހިމާޔާތްކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 5, 2025
2

ކުޅުދުއްފުށީގައި ހުރި ޒަމާންވީ ނިކަގަސްތަކާއި ކަނދުގަސްތަކެއް ސިޓީ ކައުންސިލުން ހިމާޔާތްކޮށްފި އެވެ.

ސިޓީ ކައުންސިލްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހިމާޔާތްކޮށްފައިވަނީ އިރުމަތި ފަރާތުގައި ހުރި ފަސް ނިކަގަހާއި ތިން ކަނދު ގަހެކެވެ.

މި ބައްދަލުވުގައި ވާހަކަދައްކަވަމުން މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ، ހިމާރާތްކުރަން ނިންމި ގަސްތަކަކީ މިހާރު ގާތްގަނޑަކަށް 100 އަހަރުވެފައިވާ ގަސްތަކެއް ކަމަށެވެ.

ރަށަށް އަންނަ ތަރައްގީގެ މަޝްރޫއުތަކާއެކު ދުވަސްވީ ބޮޑެތި ނިކަގަހާއި އެ ނޫންވެސް ގަސްތައް ކަނޑަމުންދާކަމަށާއި އަދި ގޭތަކުގައި ކުރިން ވަރަށް ގިނަ ހައްދާ ކަނދުގަސްތައްވެސް އިމާރާތްކުރަން ޖެހި ކަނޑާފައިވާކަން މެންބަރުން ފާހަގަކުރެއްވި އެވެ.

ހިމާރާތްކުރި މިގަސްތަކުގެ ސަބަބުން ރަށު ފަތުރުވެރިކަމަށްވެސް ފައިދާކުރާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355