twitterviber whatsapp telegramfacebookyoutube instagram
2nd November 2026

ދަނޑުވެރިންގެ ދުވަހާ ގުޅުވާ ކުރިނބީ ގޭބިސީތަކަށް ގަސް ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Nov 2, 2026

ދަަނޑުވެރިންގެ ދުވަހާ ގުޅުވައި ހދ ކުރިނބީ ގޭގެއަށް އެ ރަށު ކައުންސިލުން ގަސްހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަލީ ވިސާމް ވިދާޅުވީ މި ހަރާކާތުގެ ތެރެއިން ކުރިނބީގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށްވެސް ގަސްހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ވިސާމް ވިދާޅުވީ މި ގަސްތަކަކީ ކައުންސިލުން އެދިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗުން ފޯރިކޮށްދީފައިވާ ގަސްތަކެއް ކަމަށެވެ.

ވިސާމް ވިދާޅުވީ މި ހަރަކާތުގައި 150 ގޭބިސީއަކަށް، ހަދިޔާކުރާ ގަސްތަކުގެ ތެރޭގައި ބަނބުކެޔޮ، ޖަނބުރޯލު އަދި ބިލިމަގުގަސް ހިމެނެ އެވެ. މި ހަރަކާތުގައި ބާކީވާ ގަސްތަކާއި އާންމު ފަރާތްތަކުން ކައުންސިލަށް ފޯރުކޮށްދީފައިވާ ގަސްތައް ބޭނުންކޮށްގެން ގަސް އިނދުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ޕްރޮގުރާމް ބާއްވާނެ ދުވަހެއް އަދި ނުނިންމާ ކަމަށެވެ.

ވިސާމް އިތުރަށް ވިދާޅުވީ ކުރިނބީ ކައުންސިލްގެ އެންމެ ބޮޑު އެއް އަމާޒަކީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހޯމް ގާޑެނިންގއަށް މީހުން އަހުލުވެރިކުރުވުން ކަމަށެވެ. އަދި ކުރިނބީ އަކީ ފެހިކަންގަދަ ރަށެއްގެ ގޮތުގައި އޮތުމަށްކަމަށެވެ.

ކައުންސިލުން މީގެކުރިންވެސް ރަށުގެ އާންމު ސަރަހައްދުތަކުގައި އަނބު ގަސް އިންދުމުގެ ޕްރޮގުރާމެއް ވަނީ ވަރަށް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293