twitterviber whatsapp telegramfacebookyoutube instagram
17th February 2026

އެސްޓީއޯއިން އައިވީ ޔޯގަޓް ޑުރިންކް ރަސްމީކޮށް ބާޒާރަ ނެރެފި

Jan 15, 2018

އެސްޓީއޯ ސުޕަރމާރޓްއިން އައިވީ ޔޯގަޓް ޑުރިންކް ރަސްމީކޮށް ބާޒާރަ ނެރެފި އެވެ.

އައިވީ ޔޯގަޓް ޑްރިންކް ރަސްމީ ކޮށް ބާޒާރަށް ނެރެފައިވަނީ އެކަމަށްޓަކައި ރަސްރަނި ބަގީޗާގައި ކުރިއަށް ގެންދިޔަ ހާއްސަ ކުޑަކުދިން ހަވީރެއްގައި އެސްޓީއޯ ރީޖަނަލް ސޭލްސް / ފުޑް އެންޑް ބެވަރޭޖަސް ޑިޕާރޓްމަންޓްގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަހުމަދު ޝިފާންއެވެ.

އެގޮތުން އައިވީ އަށް ހާއްސަކޮށްގެން “ބެކްޓު ސްކޫލް ވިތު އައިވީ” ގެ ނަމުގައި ޕްރޮމޯޝަނެއްވެސް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިޕްރޮމޯޝަންގައި އެެސްޓީއޯ ސުޕަރމާޓް، މެގްނާ މާޓް، އިހްސާން ފިހާރަ، އަދި ވީބީ މާޓް ފިހާރައިން ބައްލަވާއިގަންނަވާ ކޮންމެ 4 ޕެކެޓުގެ ޕެކަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. އަދި ހޯލް ސޭލް ކަސްޓަމަރުންނަށް ބައްލަވައިގަންނަވާ ކޮންމެ 5 ކޭސް އައިވީ އަކަށް 1 ކޭސް އައިވީ ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ޕްރޮމޯޝަންގައި އެފިހާރަތަކުން އައިވީ ޕެކް ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބްވެރި ފަރާތަކަށް ޓެބްލެޓެއް ލިބިގެންދާނެ އެެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 13 ޖެނުއަރީ 2018 އިން 12 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ނިއަލަށެވެ.

އެސްޓީއޯ އިން ބާޒާރަށް ނެރެ ވިއްކަމުންދާ އައިވީ ޔޯގަޓް ޑްރިންކް އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ، ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ޔޯގަޓް ޑްރިންކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355