ދިއްދޫގެ ހުނަރުވެރި ކީޕަރު އަހުމަދު ޝާހިދު (ޝާޑް) އާ އިތުރު ކުޅުންތެރިންތަކެއް ފޯކައިދޫ ޓީމާ ގުޅިއްޖެ އެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތައް ވަރަަށް ފޯރިއާއެކު ޓީމުތަކުން ތައްޔާރުވަމުންދާއިރު ފޯކައިދޫއިންވެސް ދަނީ މިމުބާރާތްތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ޝާޑް ފޯކައިދޫއަށް ދިއުމުން މަރުހަބާ ކިޔަނީ، ހުނަރުވެރި މި ކީޕަރު މިއަހަރު ފެނިގެންދާނީ ފޯކައިދޫ ޓީމުން–
އެގޮތުން މިއަހަރުގެ މުބާރާތުގައި ފޯކައިދޫ ޓީމް ވަރުގަދަ ކުރުމަށްޓަކާ އަރަމުން އަންނަ ކުޅަދާނަ ކީޕަރު ޝާޑްވެސް ވަނީ އެޓީމަށް ގެނެސްފަ އެވެ. މިދިޔަ އަހަރު ޒޯން ބުރުގައި ކުޅުދުއްފުށީ ޓީމުގެ ގޯލް ބަލަހައްޓާދިން ހުނަރުވެރި ކީޕަރު ޝާޑް މި ފޯކައިދޫ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާއިރު އޭނާ ހުރީ ޓީމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހިގެންނެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ކޭއޯއަށް ވިދާޅުވީ ޓީމް ވަރުގަދަކުރުމަށްޓަކާ ޝާޑްގެ އިތުރުން ޔޫކުރެއިން ކުޅުންތެރިޔަކާއި ރަށުން ބޭރު ކުޅުންތެރިން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ބުނީ ޓީމް ވަރުގަދަކުރުމަށްޓަކާ ރަށުން ބޭރުގެ 6 ކުޅުންތެރިން މިހާރުވެސް ހިމެނޭ ކަމަށެވެ.
ފޯކައިދޫ ޓީމަށް ގެނައި ޔޫކުރެއިން ކުޅުންތެރިޔާ–
ރާޝިދު ވިދާޅުވީ މިއަހަރު ޓީމާ ދޭތެރޭ ވަރަށް ބޮޑު އުންމީދެއްކުރާ ކަމަށާއި އަމާޒް ހިފާފައިވަނީ ޕްރިމިއަރ ލީގަށް ކަމަށެވެ. ޓީމްގެ ހަތަރު ކުޅުންތެރިން ފިޔަވާ އެހެން ހުރިހާ ކުޅުންތެރިނެއް މިހާރު ޓީމްގެ ފަރިތަކުރުންތަކުގައި ދަނީ ބައިވެރިވަމުންނެވެ.
ފޯކައިދޫ ޓިމަށް ގެނައި ކުޅުންތެރިންތަކެއް–
ފޯކައިދޫ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިއެއްކަމަށްވާ އަބުދުލް ލަތީފް (ލަޗެއް) އެވެ.