twitterviber whatsapp telegramfacebookyoutube instagram
26th April 2024

121 ދަރިވަރުންނާއެކު ހަނިމާދޫ ސްކޫލުގައި ކެޑޭޓް ހަރަކާތްތައް ފަށައިފި

Mar 6, 2018

ހދ ހަނިމާދޫ ސްކޫލުގައި ކެޑޭޓްގެ ހަރަކާތްތައް މުޅިން އަލަށް ފަށައިފި އެވެ. މިހަރަކާތްތައް ފަށާފައިވަނީ އިއްޔެ އެވެ.

ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބުދުލް މުހުސިން ވިދާޅުވީ ކެޑޭޓްގެ ހަރަކާތްތައް އިއްޔެ ފަށައިގެން ކުރިއަށްދާއިރު އެހަރަކާތްތައް ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

ހަނިމާދޫ ސްކޫލުގައި ކެޑޭޓް ހަރަކާތްތައް ފަށާފައިވަނީ 121 ދަރިވަރުންނާއެކު އެވެ.

ހަނިމާދޫ ސްކޫލްގެ ކެޑޭޓް ހަރަކާތްތައް ކުރިއަށްދަނީ–

މުހުސިން ވިދާޅުވީގޮތުގައި ކެޑޭޓް ހަރަކާތްތައް ފެށިގެންދިޔަ ކައިރި މުސްތަގުބަލެއްގައި ބޭންޑްގެ ހަރަކާތްތައް ފެށޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. ކެޑޭޓާއެކު ބޭންޑް ނުފެށުނީސް އިންސްޓަކްޓަރުން ހޯދުމުގެ ދަތިތަކާހުރެ ކަމަށް މުހުސިން ފާހަގަކުރެއްވި އެވެ. ނަމަވެސް ބޭންޑްގެ ހަރަކާތްވެސް ފެށި ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރުގަދަ ސްކައުޓް ގުރޫޕެއް އޮތް ސްކޫލެއްކަން ފާހަގަކުރައްވަމުން މުހުސިން ވިދާޅުވީ ތަފާތުއެކު ސަބަބުތަކާހެދި ސްކައުޓް ހަރަކާތްވެސް ހުއްޓިފައި އޮތުމަށްފަހު އަލުން އަނެއްކާވެސް ކަބުސް ކައުޓް، ފަށައިގެން އެ ހަރަކާތް ފަށާފައިވާ ކަމަށެވެ.

ހަނިމާދޫ ސްކޫލްގެ ކެޑޭޓް ހަރަކާތްތައް ކުރިއަށްދަނީ–

މުހުސިން ވިދާޅުވީ ކެޑޭޓް ފަށައިގެން ކުރިއަށްދަނީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށާއި އަދި އޭގެ އިތުރުން ރަށު ރައްޔިތުންނާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް މުހުސިން ވިދާޅުވި އެވެ. އެކަމަށްޓަކާ އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލުތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރެއިން ކެޑޭޓް ފާހަގަކުރެވިފައިވަނީ ދަރިވަރުންގެ މެދުގައި މަގުބޫލު ހަރަކާތްތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355