twitterviber whatsapp telegramfacebookyoutube instagram
7th October 2026

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގައިފި

އަބްދުލް ވާހިދު ޙަސަން
May 27, 2025

ކުޅުދުއްފުށީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، ޕާރކްކޮށްފައި ހުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު އުދަރެސް މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގެ ކަހާލައިގެންނެވެ.

ފުލުހުން ބުނީ، ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، ވެއްޓި ކަހާލައިގެން ގޮސް މަގުގެ އެއްފަރާތުގައި ޕާރކްކޮށްފައި ހުރި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކްސިޑެންޓްވި ސައިކަލް ދުއްވާފައިވަނީ އެ ކެޓަގަރީގެ ލައިސަންސް އޮތް 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މިމައްސަލަ އެފަރާތުން ބަލަމުންދާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާގެ އެކި ތަންތަން މަށައިގެންގޮސްފައިވާއިރު ސީރިއަސް އަނިޔާއެއްވެފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293