twitterviber whatsapp telegramfacebookyoutube instagram
28th May 2025

އީދު ބަންދާ ދިމާކޮށް މަންޓާ އެއާގެ ދަތުރުތަކެއް ކުޅުދުއްފުއްޓަށް

އަބްދުލް ވާހިދު ޙަސަން
May 27, 2025

މިއަހަރު ބޮޑު އީދު ބަންދާ ދިމާކޮށް މަންޓާ އެއާ އިން ކުޅުދުއްފުއްޓަށް ދަތުރުތަކެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ބީ-ޓްރެވަލްސްއާ ގުޅިގެން މަންޓާ އެއާއިން މިފަށާ ޗާޓަރު ދަތުރުތަކުގެ ޓިކެޓް މިހާރު ބީ-ޓްރެވަލްސް ވަނީ ވިއްކަން ފަށާފަ އެވެ.

މިފެށޭ ޖޫންމަހުގެ 4 ވަނަ ދުވަހު ފަށާ މި ދަތުރުތަކުގެ ދިވެހީނަށް ޓިކެޓް ވިއްކަނީ މިހާރު ކުޅުދުއްފުށިން މާލެއަށް ކުރާ ދަތުރުތަކަށްވުރެ ހެޔޮއަގެއްގައި އެވެ. އެގޮތުން މާލެއިން ކުޅުދުއްފުއްޓަށް ދަތުރުގެ އަގަކީ ބޮޑު މީހަކަށް 1650 ރުފިޔާ، ކުޑަކުއްޖަކަށް 1550 ރުފިޔާއަކަށެވެ. އަދި އިންފެންޓެއް ނަމަ ހިލޭ ދަތުރު ކުރެވޭނެ އެވެ.

ކުޅުދުއްފުށިން މާލެއަށް ކުރާ ދަތުރުގެ ޓިކެޓް ވިއްކަނީ ބޮޑު މީހަކަށް 1350 ރުފިޔާ، ކުޑަކުއްޖަކަށް 1250 ރުފިޔާއަށެވެ. އަދި އިންފެންޓެއް ނަމަ ހިލޭ ދަތުރުކުރެވޭނެ އެވެ.

ބީ ޓްރެވަލްސްއިން ބުނީ ދަތުރުތައް ބާއްވަން މަސައްކަތް ކުރަނީ ޖޫންމަހުގެ 4 އިން 5 ޖޫން އަށް ކަމަށެވެ. ފަސްވަނަ ދުވަހު ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ޑިމާންޑަށް ބަލާފައިކަމަށް ބީ ޓްރެވަލްސް އިން މައުލޫމާތުދެ އެވެ.

ހަތަރުވަނަ ދުވަހު މާލެއިން ފުރަން ހަމަޖެހިފައިވަނީ ރޭގަނޑު 20:00ގަ އެވެ. އަދި ކުޅުދުއްފުށިން ފުރަން ހަމަޖެހިފައި ވަނީ ރޭގަނޑު 21:25 ގަ އެވެ.

މި ދަތުރުތަކުގެ އިތުރު މައުލޫމާތު ހޯދުމަށާއި ރިޒަވޭޝަން ހެދުމަށް އަދި ޓިކެޓް ނެގުމަށް ބީ-ޓްރެވަލްސް ފޯނު ނަންބަރު 6527700 ގުޅުމުން ހަމަޖެހިގެންދާނެ އެވެ. އަދި 7847700 ނަންބަރަށް ވައިބާކޮށްގެންވެސް މައުލޫމާތު ސާފުކޮށް ރިޒަވޭޝަން ހައްދައި ޓިކެޓް ނެގޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355