twitterviber whatsapp telegramfacebookyoutube instagram
20th January 2026

މަންޓާ އެއާގެ އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފި

ނަބީލާ އިސްމާޢީލް
Nov 8, 2020

މަންޓާ އެއާގެ އިތުރު ސީޕްލޭންއެއް ރާއްޖެ ގެނެސްފި އެވެ. މަންޓާ އެއާއަކީ ރާއްޖޭގެ ތިންވަނަ ސީޕްލޭން އޮޕަރޭޓަރެވެ.

މަންޓާ އެއަރއިން މިފަހަރު ގެނައި ސީޕްލޭންއަކީ ޑީ.އެޗް.ސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ. މި ބޯޓު ގެނެސްފައިވަނީ ކެނެޑާއިންނެވެ. މިއީ މަންޓާ އެއަރ އޮޕަރޭޝަނަށް ގެނައި 7 ވަނަ ސީ ޕްލޭންއެވެ.

މަންޓާ އެއާއިން މި ބޯޓު އޮޕަރޭޓްކުރި ނަމަވެސް، މިބޯޓު ހާއްސަކޮށްފައިވަނީ ބ. އަތޮޅުގައި އޮންނަ ދަ ނޯޓިލަސް މޯލްޑިވްސް ރިސޯޓުގެ ފަތުރުވެރިން އުފުލުމަށެވެ.

މަންޓާ އެއަރއިން މިގެނައި ސީޕްލޭންއާއި އެކު އެއާލައިންގެ ފްލީޓުގައި ހިމެނޭ މަތިންދާ ބޯޓުތަކުގެ އަދަދުވަނީ 10 އަކަށް އަރާފައެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އޭޓީއާރު 72-600 ގެ ތިން މަތިންދާ ބޯޓު މަންޓާ އެއާގެ ފްލީޓުގައި އޮވެއެވެ.

މަންޓާ އެއާއިން ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުގެ ހިދުމަތް ދެނީ ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަދި ގއ. ކޫއްޑޫ އަށެވެ.

ކޮވިޑް-19 އާ ގުޅިގެން ހުރިހާ މަންޒިލްތަކަށް ކުރާ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، މިދިޔަ މަހުގެ ތެރޭގައި ވަނީ ކުޑަހުވަދޫއަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާފައެވެ.

މަންޓާއިން ބުނީ ސީޕްލޭންގެ ހިދުމަތްތަކަށްވެސް ދުރާލާ ސީޓް ބުކްކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355