twitterviber whatsapp telegramfacebookyoutube instagram
8th May 2024

މަންޓާ އެއާ އިން ކުޅުދުއްފުއްޓަށް ޗާޓަރު ދަތުރުތަކެއް ފަށަނީ

ނަބީލާ އިސްމާޢީލް
Nov 30, 2022
2

ބީ ޓްރެވަލްސްއާ ގުޅިގެން މަންޓާ އެއާ އިން ކުޅުދުއްފުއްޓަށް ޗާޓަރު ދަތުރުތަކެއް ބާއްވަން ހަމަޖެހިއްޖެ އެވެ. މަންޓާއިން ކުޅުދުއްފުއްޓަށް ފަށާ މި ދަތުރު ތަކުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު ކުޅުދުއްފުށިން ޓިކެޓް ލިބެން ހުންނާނީ މަންޓާގެ ޓިކެޓް އެޖެންޓް ބީ ޓްރެވަލްސް (ބަރާބަރު)އިން ނެވެ.

މިފެށޭ ޑިސެމްބަރު 22 ވަނަ ދުވަހު ފަށާ މި ދަތުރުތަކުގެ ދިވެހީނަށް ވަކި އަގުތަކެއް އަދި ބިދޭސީންނަށް ވަކި އަގުތަކެއް ހިމެނެ އެވެ. ދިވެހީނަށް ޓިކެޓް ވިއްކަނީ ބޮޑު މީހަކަށް 1680 ރުފިޔާ، ކުޑަކުއްޖަކަށް 1480 ރުފިޔާއަކަށެވެ. އަދި އިންފެންޓެއް ނަމަ ހިލޭ ދަތުރު ކުރެވޭނެ އެވެ.

ބީ ޓްރެވަލްސްއިން ބުނީ ދަތުރުތައް ބާއްވަން މަސައްކަތް ކުރަނީ 22 ޑިސެމްބަރ އިން 25 ޑިސެމްބަރަށް އަދި 4 ޖެނުއަރީން 7 ޖެނުއަރީ އަށް ކަމަށެވެ.

ވިސާ އޮތް ބިދޭސީންނަށް ކަނޑައަޅާފައިވާ އަގުތަކުގެ ތެރޭގައި ބޮޑު މީހަކަށް 1980 ރުފިޔާ، ކުޑަކުއްޖަކަށް 1750 ރުފިޔާ އަދި އިންފެންޓަކަށް 120 ރުފިޔާ ހިމެނެ އެވެ.

މި ދަތުރު ތަކުގައި މާލެއިން ފުރަން ހަމަޖެހިފައިވަނީ ހެނދުނު 10:50 ގަ އެވެ. އަދި ކުޅުދުއްފުށިން ފުރަން ހަމަޖެހިފައި ވަނީ މެންދުރު 12:25 ގަ އެވެ.

މަންޓާ އެއާގެ މި ދަތުރުތައް ހަމަޖައްސާފައި މި ވަނީ ސްކޫލު ބަންދާ ދިމާކޮށް މޯލްޑިވިންއަނުން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތައް ބާރުބޮޑުވެ އެކޮށްކަހަލަ ގޮތަކަށް ފުލްވެފައިވާ ދުވަސްވަރަކަށެވެ. މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355