twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ޤުރުއާންގެ ހާލަތު މިއަދު އޮތީ އެންމެ އެކަށީގެންވާގޮތެއްގައެއް ނޫން: އަބުދުލް ލަތީފް

Mar 20, 2018

ކުޅުދުއްފުށީގައި ޤުރުއާންގެ ހާލަތު މިއަދު އޮތީ އެންމެ އެކަށީގެންވާގޮތެއްގައެއް ނޫންކަމަށާއި އެކަމާ ކަންބޮޑުވެލައްވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލް ރައީސް އަބުދުލް ލަތީފް ހަސަން މިހެން ވިދާޅުވީ ކައުންސިލް ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ ތިލަދެކުނު ސިނަމާ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރަށް ތަމްސީލްކުރަން ނަގާ ކުދިންގެ ތެރޭގައިވެސް ގިނަ ފަހަރަށް ހިމެނެނީ އެހެން ރަށްރަށަށް ނިސްބަތްވާ ކުދިން ކަމަށާއި އެހެންވުމުން މިއޮތް ބޮޑު އާބާދީ ރަށްރަށަށް ނިސްބަތްވާ ކުދިން ކުޅުދުއްފުށިން ނެރޭ ޓީމުގައި ހިމެނުމަށް ހުރިހާ ފަރާތްތަކުންވެސް ގަދަ އަޅާ މަސައްކަތް ކުރަން ޖެހިފައިވާކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

އަބުދުލް ލަތީފް ވިދާޅުވީގޮތުގައި ފާތިވެދިޔަ ހަތަރު ވަރަކަށް ގުރުއާން މުބާރާތުގައި ކުޅުދުއްފުށިން ނެރޭ ޓީމުގައި ރަށުން ބޭރުގެ ގިނަ އަދަދެއްގެ ކުދިން ހިމެނޭ ކަމަށެވެ. އެގޮތުން 15 ކުދިންގެ ޓީމެއްގައި ނުވަ ކުދިންނަކީ ރަށުން ބޭރުގެ ކުދިން ކަމަށެވެ. އެހެންވަނީ އެކަށީގެންވާ ވަރަށް ބެލެނިވެރިންނަވެސް މަސައްކަތް ނުކުރެވޭތީ ކަމަށެވެ.

ހދ އަތޮޅުގައި ޤުރުއާންގެ އިލްމު ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަނީ ވައިކަރަދޫ އާއި މަކުނުދޫ އިން ކަމަށެވެ. އަދި ޤުރުއާންގެ އިލްމު ހޯދުމަށް އެ ދެރަށުން ކުރާ މަސައްކަތް ނަމޫނާއެއްގެ ގޮތުގައިދެކި އެގޮތަށް މަސައްކަތްކުރުމަށް އަބުދުލްލަތީފް ގޮވާލެއްވި އެވެ. އަބުދުލްލަތީފް ވިދާޅުވީ އެ ދެރަށުގެ ދަރިވަރުންނާއި ބެލެނިވެރިންނަކީ ޤުރުއާން މުބާރާތްތަކަށް ވަރަށް ބުރަކޮށް ތައްޔާރުވާ ބައެއް ކަމަށެވެ.

“ހަމައެކަނި ސްކޫލުތަކާއި ޤުރުއާން ކުލާސްތަކުން ކުރާ މަސައްކަތްތަކުން ކާމިޔާބީއެއް ނުހޯދޭނެ. މިކަން ކާމިޔާބުކުރުމަށްޓަކާ އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭނީ ދަރިވަރުންނާއި ބެލެނިވެރިން.” ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުރާލާ މުބާރާތަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި އަންނަ އަހަރުގެ މުބާރާތަށް މިއަދުން ފެށިގެން ތައްޔާރުވާން ފެށުމަށް އޭނާ ގޮވާލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355