twitterviber whatsapp telegramfacebookyoutube instagram
25th October 2026

ޑަބްލިއު ސްޕޯޓްސް ވޮލީ މުބާރާތް: ރޭގެ މެޗުތައް ތަފާތު ބޮޑުކޮށް ފެނަކަ އަދި ކަސްޓަމް ކާމިޔާބުކޮށްފި

Apr 16, 2018

ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ އިންޓަރ އޮފީސް ވޮލީ މުބާރާތުގެ ރޭގެ މެޗުތައް ތަފާތު ބޮޑު ނަތީޖާއަކުން ފެނަކަ އަދި ކަސްޓަމްސް ކާމިޔާބުކޮށްފި އެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވާދަ ކޮށްފައިވަނީ ދިރާގު އަދި ފެނަކަ އެވެ. މި މެޗުގެ 3 ސެޓްވެސް ކާމިޔާބުކޮށްފައިވަނީ ފެނަކައިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ހުސެއިން ސޮލާހެވެ.

އިއްޔެ ގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ އެސްޓީއޯ އަދި ކަސްޓަމްސް އެވެ. މި މެޗު ކަސްޓަމްސް އިން ވެސް ކާމިޔާބު ކޮށްފައިވަނީ 0-3 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓަމްސްގެ އަހުމަދު އަހުޝަން އެވެ.

މި މުބާރާތުގައި މިރޭވެސް ކުޅުމަށް ހަމަޖެހިފައިވަނީ 2 މެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ޕޮލިސް އަދި ހދ އޭއީސީ އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކުޅުދުއްފުށީ ހޮސްޕިޓަލް އަދި ހދ އަތޮޅު ކައުންސިލެވެ. މިރޭގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293