twitterviber whatsapp telegramfacebookyoutube instagram
19th April 2024

މޮޅަދޫގައި ސިފައިންގެ 21 ވަނަ ފޮޓޯ މައުރަޒު ބާއްވައިފި

Apr 25, 2018

ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހީމްގެ އުފަން ރަށް ހއ. މޮޅަދޫގައި 126 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ 21 ވަނަ ފޮޓޯ މައުރަޒު ބާއްވައިފި އެވެ.

އެޕްރީލް 21 ވަނަ ދުވަހު ކުރިޔަށްދިޔަ ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވުމުގެ ގޮތުން މޮޅަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ދައްތަ ފާއިޒާ އިބްރާހީމް އެވެ.

ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް ސާބިތުކޮށްދެއްވި ކެރުމާއި ހިތްވަރުގަދަ ޤައުމީ ޖިހާދުގެ ޝަރަފުގައި ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމްގެ އާއިލާއަށް އެމްއެންޑީއެފުންވަނީ މި ރަސްމިއްޔާތުގައި ހަނދާނީ ފިލައެއް އަރުވާފަ އެވެ.

މި ހަނދާނީ ފިލާ ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހީމްގެ އާއިލާ އާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފެވެ. އަދި އާއިލާގެ ފަރާތުން ފިލައާ ހަވާލުވެލެއްވީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ދައްތަ ފާއިޒާ އިބްރާހީމެވެ.

މި ފޮޓޯ މައުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާއީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް ހިމެނެއެވެ. ސިފައިންގެ 21 ވަނަ ފޮޓޯ މައުރަޒު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 16:00 ން 18:00 އަށެވެ.

126 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްދިޔަ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި މޮޅަދޫ ރަށު ކައުންސިލްގެ މެންބަރުންނާއި އެރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355