twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަަލަށް ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފި

May 10, 2018

ކުޅުދުއްފުށީ ރަށްވެހިންގެ ތެރެއިން ފަގީރުންގެ ގޮތުގައި އަލުން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލު މިމަހުގެ 6 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 07 މެއި 2018 އިން ފެށިގެން 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އެކައުންސިލްގެ އިދާރާ ހުށައެޅުމަށެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 13:30 އަށެވެ.

1438 ވަނަ އަހަރުގެ ފިޠުރު ޒަކާތް ލިބިލައްވާފައިވާ ފަރާތްތަކުން މިއަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް (އަލަށް ރަޖިސްޓްރީވުމަށް) އެދި ފޯމް ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޯމްގައި ބަޔާންކޮށްފައިވާ ތަކެއްޗާއި އެކުގައެވެ.

ފަޤީރެއްގެ ގޮތުގައި ނަންނޯޓް ކުރެވޭނީ ދަޢުލަތުން އެއްވެސް ފައިސާއެއް ލިބި ނުލައްވާ ފަރާތަކުންނާއި އާމްދަނީގެ ގޮތުގައި ދުވާލަކަށް -/44ރ (ސާޅިސް ހަތަރު ރުފިޔާ) ނުލިބޭ ފަރާތްތަކުންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް އެ އިދާރާއިން ހާމަކޮށްފައިވާ ބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355