twitterviber whatsapp telegramfacebookyoutube instagram
29th March 2024

ތަފާތު ފައިދާތަކާއެކު، އުރީދޫގެ އާ ޕޯސްޓްޕެއިޑް ކެމްޕެއިން ފަށައިފި

May 8, 2018

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ލިބިގެންދާ ގިނަގުނަ ތަފާތު ފައިދާތައް ދައްކުވައިދޭ ހާއްސަ ކެމްޕެއިންއެއް އެކުންފުނިން ފަށައިފިއެވެ.

އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ހިދުމަތް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށެވެ.

އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތަކެވެ. މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެފަދައިން ތައްޔާރުކުރެވިފައިވާ، އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސްކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތައްކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މިޕެކޭޖްތައް ނެންގެވުމުން އެތަކެއް އިތުރު ފައިދާތަކެއް އެކުލެވިގެންވެ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަގުބޫލު އައުޓްލެޓްތަކާއި އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭކަމަށް އުރީދޫގެ މެނޭޖަރ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް ވިދާޅުވި އެވެ.

އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ. މިގޮތުން، އުރީދޫ ޕޯސްޕެއިޑް ކަސްޓަމަރުންނަށް، – މުޅި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ ނެޓްވާރކްގައި ބޭނުންކުރުމަށް، އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާވެސް ލިބިގެންދެއެވެ.

ހަމައެހެންމެ، އުރީދޫގެ އައު ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ބޭފުޅުންނަށް، އެންމެ މަގްބޫލު ސްމާޓްފޯނުތައް ޚިޔާރުކުރުމަށް ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް އޮފަރ ތަކެއް ވަނީީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ސްމާޓްފޯނުތަކުން ފެށިގެންގޮސް، މަހަކު އެންމެ 100ރ. އަށް ބައްލަވައިގަނެވޭ އަގުހެޔޮ ސްމާޓްފޯނުތައްވެސް ހިމެނެއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކްލަބް ޕްރިމިއަރ މެދުވެރިކޮށްވެސް ވަރަށް ހާއްސަ އަދި ފައިދާތަކުން ފުރިގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެވެއެވެ. މީގެތެރޭގައި:

• ލައިފް އިންޝުއަރެންސް: މުޅިން އަލަށް ތައާރަފްކޮށްފައިވާ މި ހިދުމަތް ކަސްޓަމަރުންނާއި ހަމައަށް މިމަސްތެރޭގައި ގެނެސްދިނުމަށް، އެލައިޑް އިންޝިއުރަންސް އާއި އެކު އުރީދޫ އިން ދަނީ ވަރަށް ގާތުން މަސައްކަތްކުރަމުން.

• ޕްރައޯރިޓީ ޕާސް މެމްބަރޝިޕް: ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ 1000 އަށް ވުރެ ގިނަ އެއާޕޯޓު ލައުޖުތަކަށް އެކްސެސް މުޅިން ހިލޭ ލިބިގެންދޭ

• ކްލަބް ޕްރިމިއާ ލައުންޖުގެ ޚިދުމަތް

• ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިން އެއް

• އުރީދޫގެ ޕްރޮމޯޝަންތައް އަދި ޚިދުމަތްތަކުން، ވަކިން ޚާއްޞަ އޮފަރތައް

އުރީދޫގެ ޕޯސްޓްޕެއިޑް ޕެކޭޖްތަައް ޚިޔާރުކޮށް، އެއާއިއެކު ލިބިގެންދާ ގިނަ ގުނަ ފައިދާތައް ބޭނުންކުރުމަށް އުރީދޫ އިން ދައުވަތު އަރުވައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ އުރީދޫގެ ފުރިހަމަ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ބައްލަވާލުމަށް، ore.do/postpaid އަށް ޒިޔާރަތްކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355