twitterviber whatsapp telegramfacebookyoutube instagram
1st November 2025

އޭޑީކޭ ނޮދަން ޑިސްޓިބިއުޝަން ސެންޓަރުގެ ވަޒީފާތަކުގެ މުއްދަތު އިތުރުކޮށްފި

May 8, 2018

އޭޑީކޭ ނޯތު ޑިސްޓިބިއުޝަން ސެންޓަރުން ހުޅުވާލި 3 ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ވަޒީފާތަކުގެ މުއްދަތު 15 މޭ 2018 ގެ މެންދުރު 12 އަށް އިތުރުކޮށްފައިވާއިރު އިއުލާން ކޮށްފައިވާ ތިން މަގާމަކީ ކޭޝިޔަރަކާއި ޑްރައިވަރ އަދި ޑެލިވަރީ ކްރޫއަށެވެ.

ޑެލިވަރީ އޮފިސަރ ގެ މަގާމަށް ކުރިމަތިލާން ފަރާތްތަކުން އޯލެވެލް ހަދާފައިވުމާއެކު ދިވެހި އަދި އިގިރޭސިން ވާހަކަ ދައްކަން އެގެން ވާނެ އެވެ. އަދި މި ދާއިރާގައި މަސައްކަތް ކޮށްފައި ތިބި މީހުންނަށް އިސްކަންދެވޭނެ ކަމަށާއި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ1، ސީ2 ނުވަތަ މަތިން) އޮންނަން ވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކޭޝިޔަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އޯލެވަލް ހަދާފައިވުމާއެކު ދިވެހި އަދި އިނގިރޭސިން ވާހަކަދައްކަން އެންގެންވާނެ އެވެ. އަދި ގިނަ ވަގުތު މަސައްކަތްކުރެވޭނެ ދުޅަހެޔޮ ސިއްހަތެއްކަމުގައިވާންވާނެ އެވެ.

ޑްރައިވަރު އޯލެވެލް ހަދާފައިވުމާއެކު ދިވެހި އަދި އިނގިރޭސިން ވާހަކަ އެންގެންވާނެ އެެވެ. އަދި އަދި މި ދާއިރާގައި މަސައްކަތް ކޮށްފައި ތިބި މީހުންނަށް އިސްކަންދެވޭނެ ކަމަށާއި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ1، ސީ2 ނުވަތަ މަތިން) އޮންނަން ވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑްގެ ކޮޕީ އާއި ސީވީ އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ނޮދަން ޑިސްޓިބިއުޝަން ސެންޓަރަށް ހުށަހެޅޭނެ އެވެ. ނުވަތަ [email protected] މި އީމެއިލްއަށް މެއިލްވެސް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355