twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޗައިނާ ރެޑް ކްރޮސްއިން ދިވެހި ރެޑް ކުރެސެންޓްއަށް ދިން ތަކެތި މުވައްސަސާތަކަށް ހަދިޔާކޮށްފި

May 12, 2018

ޗައިނާ ރެޑް ކްރޮސް ސޮސައިޓީގެ ނޮން އެމަރޖެންސީ ހިއުމަނިޓޭރިއަން އެސިސްޓަންސް ޕްރޮޮގްރާމްގެ ދަށުން ދިވެހި ރެޑް ކުރެސެންޓްއަށް ހަދިޔާކުރި ތަކެތި ބައެއް މުވައްސަސާތަކަށް ދިވެހި ރެޑްކުރެސެންޓް ހަދިޔާކޮށްފި އެވެ. ޗައިނާ ރެޑް ކުރޮސްގެ ފަރާތުން ދިވެހި ރެޑްކުރެސެންޓަށް ވަނީ 177،000 ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފަ އެވެ.

އެގޮތުން ލެޕްޓޮޕާއި، ޑެސްކްޓޮޕް ކޮމްޕިޔުޓަރާއި، ހާރޑް ޑިސްކް އަދި ޝްރެންޑަރ ފަދަ ސާމާނު ހަދިޔާކޮށްފައި ވެއެވެ. މިތަކެތީގެ އެހީގައި ދިވެހި ރެޑް ކުރެސެންޓްގެ މައި މަރުކަޒާ، ގޮފި ތަކާއި، ޔުނިޓްތަކުން އިންސާނީ އެހީ ފޯރު ކޮށްދިނުމަށްޓަކާ ކުރެވެމުންދާ މަސައްކަތްތަކަށް ލުއި ފަސޭހަވެގެން ދާނެކަމަށް ރެޑް ކުރެސެންޓް އިން ހާމަކުރެ އެވެ.

އަދި ދިވެހި ރެޑް ކުރެސެންޓް އިން ވަނީ އިންސާނިޔަތުކަމުގެ ރޫހުގެ މަތިން އެކި ގޮތް ގޮތުން އިންސާނިޔަތަށްޓަކާ މަސައްކަތްކުރާ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް މިތަކެތިން ބައެއް ހަދިޔާކޮށްފަ އެވެ.

އެގޮތުން ބައެއް މުވައްސަސާތަކަށް ވަނީ ރެޑްކުރެސެންޓް ތަކެތި ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ޑެކްސްޓޮޕް ކޮމްޕިއުޓަރާއި، ހާރޑް ޑިސްކް ޑުރައިވާރ، ލެޕްޓޮޕް ހިމެނެ އެވެ. މިތަކެތި ހަދިޔާކޮށްފައިވަނީ ކެއަރ ސޮސައިޓީ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސް، ފިޔަވަހި، ކުޑަކުދިންގެ ހިޔާ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މޯލްޑިވްސް އެންސީޑީ އެލަޔަންސް، ނެޝަނަލް ޑްރަގް އެޖެންސީ، ސްކައުޓް އެސޯސިއޭޝަން، ގާލް ގައިޑް އެސޯސިއޭޝަން، ކެޑޭޓް ކޯރ ހިމެނެ އެވެ.

ޗައިނާ ރެޑް ކުރޮސްއިން ދިވެހި ރެޑްކުރެސެންޓަށް ހަދިޔާކުރި ތަކެތި ބައެއް މުވައްސަސާތަކަށް ދެނީ–

އަދި މީގެ އިތުރުން ދިވެހި ރެޑް ކުރެސެންޓްގެ ގޮފިތަކާއި ޔުނިޓްތައް ހިންގާ ރަށްތަކުން ހޮވާލި 16 ސްކޫލަކާއި 16 ހެލްތު ސެންޓަރ، ހޮސްޕިޓަލްތައް ވެސް ހިމެނެ އެވެ.

ދިވެހި ރެޑް ކުރެސެންޓްގެ އުންމީދަކީ މި ހަދިޔާ ކުރެވުނު ތަކެތި އެހީގައި، މިމުވައްސަސާތަކުން ކުރަމުންދާ މަސައްކަތަށް އިތުރަށް ލުއި ފަސޭހަކަމެއް ލިބި ދިވެހި މުޖުތަމައުގެ އެންމެ ނާޒުކު ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދިޔުމެވެ.

ދިވެހި ރެޑް ކުރެސެންޓްގެ އަމާޒަކީ ރަށު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކާ، އަމިއްލަ މުވައްސަސާތަކާއި ގުޅިގެން އެންމެ ނާޒުކު ފަރާތަކަށް އެންމެ ފުރިހަމަ ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް މަސައްކަތް ކޮށްދިނުމެވެ.

ޗައިނާ ރެޑް ކްރޮސް ސޮސައިޓީ ގެ ނޮން އެމަޖެންސީ ހިއުމަނިޓޭރިއަން އެސިސްޓަންސް ޕްރޮގްރާމް ކުރިއަށް ގެންދަނި ޗައިނާގެ މިނިސްޓްރީ އޮފް ކޮމްސްގެ އެހީތެރިކަމާއެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355