twitterviber whatsapp telegramfacebookyoutube instagram
5th July 2025

ބޮޑު މުހައްމަދު ކަލޭފާނުގެ ވާދަގެ ތައްޓަށް ބާއްވާ ރާޒުވާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

May 19, 2018

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ވާދައިގެ ތައްޓަށް ކުޅޭ ރާޒުވާ މުބާރާތެއް ބާއްވަން އިއުލާންކޮށް، ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އަމިއްލަ ފަރާތަކުން އިންތިޒާމްކޮށްގެން މި މަހު 25 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 22 މޭ ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ފޯން ނަންބަރު ޖެއްސެވުމަށްފަހު 7957749 އަށް އެސްއެމްއެސް ކުރެވޭނެއެވެ.

މި މުބާރާތަކީ މީގެ ކުރިންވެސް ދެ ފަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މިކަން އިންތިޒާމް ކުރާ ފަރާތުގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ކުރިއަށް އޮތްތަނުގައި މި މުބާރާތް ގަވައިދުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތުން އެއްވަނަ އަށް ދާ ފަރާތަަކަށް 5000 ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ އަދި ތިންވަނަ އަށް ދާ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް ހުށައެޅިފައި ވެއެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދަ ކަލޭފާނަކީ ތާރީހީ ގޮތުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ކުޅުދުއްފުއްޓަށް ގިނަ ތަރައްގީތަކެއް ގެންނެވި ބޭފުޅެކެވެ. އަދި މާލޭގެ ވެރިކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ ގުނަ ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކަންވެސް ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355