twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޮޑެތި އިނާމު ތަކާއެކު ދިރާގުން ރޯދަ މަހުގެ ޕްރޮމޯޝަންތައް ފަށައިފި

May 17, 2018

ދިރާގުން ބޮޑެތި އިނާމުތަކާއި ހިލޭ ލިބޭނެ ތަފާތު ގިނަ ހިދުމަތްތަކާއެކު ދިރާގުގެ ރޯދަ ހަދިޔާއާއި ޕްރޮމޯޝަންތައް އިއުލާން ކޮށްފި އެވެ.

ޑިޖިޓަލް ސާވިސް ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން ކުންފުނިން ކުޅޭ އިސްދައުރާ ގުޅުވައިގެން ކަސްޓަމަރުންނަށް ޑިޖިޓަލް އެތައް ހަދިޔާއެއް މިރޯދަމަހު ފޯރުކޮށްދޭނެކަމަށާއި އަދި 8 މީހަކަށް ހިލޭ އުމްރާ ދަތުރާއި އަޅުކަމުގެ ކަންކަމަށް މަގުފަހިވާނެ ގޮތަށް ހިލޭ ހިދުމަތްތަކެއްވެސް ތައާރަފްކުރެވިފައިވާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ރޯދަ މަހަށް ހާއްސަކޮށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފައިވާ ކަމަށާއި މި ޕެކޭޖްތަކުގެ ތެރޭގައި 120 ރުފިޔާ އަށް 1.5 ޖީބީ ޕެކާއި އަދި 250 ރުފިޔާ އަށް 4 ޖީބީ ލިބޭ ޕެކް ހިމެނޭ އިރު ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަކަށްވާތީވެ މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތައް އެކެޓިވޭޓް ކުރައްވައިގެން މަޤްބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން 1 ޖީބީ މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެއްވުމަށް #8*123* އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެއެވެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

ކަސްޓަމަރުން ޑޭޓާ ބައްލަވައިގަތުމަށް ކުރާ ހަރަދުގެ %10 ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރެވިގެންދާނެއެވެ. ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަކީ ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ އެން ޖީ އޯ އެކެވެ.

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން، ދިރާގުން ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު 2 މީހަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ނިންމާފައެވެ.

މިފަހަރު ދިރާގުން އިންސްޓަގްރާމަށް ހާއްސަކޮށްގެންވެސް ޕްރޮމޯޝަނެއް ވަނީ ތަޢާރަފްކޮށްފައިއެވެ. މި ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ގޯޕްރޯ ހީރޯ 6 ލިބޭނެއެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.

މީގެ އިތުރުން މި އަހަރު ދިވެހި ޓްވިޓާ ކޮމއުނިޓީ އަށް ހާއްސަކޮށްގެން ވަނީ ޓްވިޓާގައި ކޮންޓެސްޓެއް ބާއްވަން ނިންމާފައިއެވެ. މި ކޮންޓެސްޓް ގައި ދިރާގުން ކޮންމެ ރެޔަކު 10 ޖަހާއިރު އަށް ޓްވިޓާގައި މްކްރޯ ފޮޓޯއެއް ޕޯސްޓްކުރާނެއެވެ. ޕޯސްޓް ކުރުމަށްފަހު 10- 12 އަށް، މި ވަގުތު ތެރޭގައި ޓްވިޓާ ކޮމިއުނިޓީ އަށް އެއީ ކޯންޗެއްކަން #Meekoacheh މި ހޭޝްޓެގް ޖައްސަވާފައި ގެސްކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. މި ކޮންޓެސްގައި ކޮންމެ ހަފްތާއަކު އެންމެ ގިނަ ރަނގަޅު ޖަވާބު ޓްވީޓް ކުރައްފާ ފަރާތަކަށް 5 ބޭފުޅުންގެ ރޯދަ ވީއްލުމެއް ކޮންމެ ހަފްތާއަކު ސީހައުސް ރެސްޓޯރެންޓްގައި ހަދިޔާކުރެވޭނެއެވެ.

މިދިޔަ އަހަރުގެ އެންމެންގެ މަގުބޫލުކަން މުޅި ސޯޝަލް މީޑިއާ އިންވެސް ލިބުނީ ދިރާގުން ހުށައަޅައިދިން “ދިވެހިންގެ ރަހަ” ގެ ނަމުގަ ކުރިއަށް ގެންދިޔަ ތަފާތު ދިވެހި ކެއުންތައް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ ވީޑިއޯތަކެވެ. އެހެންކަމުން މިއަހަރުވެސް ރާއްޖޭގެ ތަފާތު މީރު ކެއުންތައް ތައްޔާރު ކުރާނެ ގޮތުގެ ވީޑިއޯތައް ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ފެނިފެންދާނެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ދިރާގުން ސައުދީ އަރަބިޔާ އަށް ވަރަށް ހާއްސަ ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަނެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.88 ރުފިޔާ އަށް ގުޅޭނެއެވެ. މި އޮފާ ކުރިއަށް ދާނީ 16 މޭ 2018 އިންފެށިގެން 17 ޖޫން 2018 ގެ ނިޔަލަށެވެ.

ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެ ގޮތުން، ޕްރިޕެއިޑް މުދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355