twitterviber whatsapp telegramfacebookyoutube instagram
18th April 2026

އެންމެ 30 އަހަރުގައި ދެ ކިޑްނީ ފެއިލްވެ، އެ ވޭން ތަހައްމަލުކުރަމުންދިޔަ ހަދީޖާ ނިޔާވެއްޖެ

May 22, 2018

އެންމެ 30 އަހަރުގައި ދެ ކިޑްނީ ފެއިލްވެ، އެވޭން ތަހައްމަލުކުރަމުންދިޔަ ކުޅުދުއްފުށީ، އަލްމާސް، ހަދީޖާ އިބްރާހިމް ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ރޭ މެންދަމު އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގަ އެވެ. އޭނާ އިންޑިޔާއަށް ގެންދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގައި އޮތުމަށްފަހު، ލިވަރގެ އޮޕަރޭޝަނެއް ކުރުމަށެވެ.

ނަމަވެސް ހާލު ދެރަވުމުގެ ސަބަބުން އޮޕަރޭޝަން ކުރާނެ ފުރުސަތެއް ނުލިބި، ހަދީޖާ ވަނީ ނިޔާވެފަ އެވެ.

ފަހުން އެނގުނު ގޮތުގައި އޭނާގެ ކިޑްނީ މައްސަލައަށްވުރެ ބޮޑަށް ފުރާނައަށް ނުރައްކާވީ ވައިރަލް ހެޕަޓައިޓިސްއެއް ޖެހި ލިވަރ ފެއިލްވުމުންކަމަށް ހަދީޖާގެ ދައްތައެއް ކޭއޯއަށް މައުލޫމާތުދެމުން ބުނެފައިވެ އެވެ.

ހަދީޖާގެ ދައްތަ ބުނީ ލިވަރގެ މައްސަލައެއް ހުރިކަމަށް ކުޅުދުއްފުށިންވެސް ފާހަގަކުރި ކަމަށާއި ނަމަވެސް އެކަން އެނގުނީ މާލޭ ގެންދިއުމުން ކަމަށެވެ.

އުމުރުން އެންމެ 30 އަހަރުގައި 2 ކިޑްނީ ފެއިލްވެ އެހީތެރިކަމަށް ބޭނުންވެފަ

ހަދީޖާއަށް އެހީވުމަށް ހިންގުނު ހަރަކާތްތަކުން ފައިސާގެ އެހީތެރިކަން ލިބުނު ކަމަށާއި އެފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރުއަދާކުރެ އެވެ.

ހަދީޖާ ނިޔާވިއިރު 9 އަހަރުގެ އަންހެން ދަރިޔަކު ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355