twitterviber whatsapp telegramfacebookyoutube instagram
18th April 2026

އުތުރާއި މެދުތެރޭ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް

May 25, 2018

އުތުރާއި މެދުތެރޭއަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މިސަރަހައްދުތަކުގައި ކަނޑު ދަތުރު ފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފި އެވެ.

މެދުތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި، ދެކުނު އަތޮޅުތަކުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ލަފާކުރެ އެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު  ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާނެކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ އެހެންވެ، އުތުރާއި މެދުތެރޭ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި އަދި ދެކުނުއަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.

އަދި މިއަދާއި މާދަމާ އުތުރާއި މެދުތެރޭ އަކިހިސާބަށް ގުގުރާ ވިއްސާރަކޮށް އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެއިދާރާން ބުނެ އެވެ.

އެގޮތުން އެންމެ ދިޔަވަރު ބޮޑުވާނެ ގަޑިތައް އެއިދާރާން ވަނީ އާންމުކޮށްފައިވެ އެވެ. އެގޮތުން އުތުރުގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މިރޭ 20:43 ގަ އެވެ. މެދު ރާއްޖެތެރެއަށް 22:10 ، ދެކުނަން ދިޔަވަރު އެންމެ ބޮޑުވާނީ 23:16 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355