twitterviber whatsapp telegramfacebookyoutube instagram
3rd June 2026

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށިން މިހާތަނަށް 42 ހާހަށްވުރެ ގިނަ ރުފިޔާ !

May 25, 2018

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަން ކުޅުދުއްފުށިން 42612ރ ރުފިޔާ ބަލައިގެންފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާންމަހުގެ ފަސްވަނަ ދުވަހު އެވެ.

ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަން ފިތުރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށިން 42612ރ ބަލައިގެންފައިވާއިރު އެއީ 2817 މީހުންގެ ޒަކާތެވެ.

އޭގެ ތެރެއިން އާދައިގެ ހަނޑުލުން 2611 މީހުން ޒަކާތް ދެއްކިއިރު މެދު ހަނޑުލުން ޒަކާތް ދައްކާފައިވަނީ 148 މީހުންނެވެ. އަދި މޮޅު ހަނޑުލުން ޒަކާތް ދެއްކީ 58 މީހުން ނެވެ.

ފިތުރު ޒަކާތް ދައްކަންޖެހޭ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު އާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްވާ ފައިސާއެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 43ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ 81 ރުފިޔާއެވެ.

އަތޮޅުތަކުގައި ޒަކާތް ބަލައިގަންނަނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. ފިތުރު ޒަކާތް ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު  10:30 މެންދުރު 1:00 ޖެހުމާ ހަމައަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355