twitterviber whatsapp telegramfacebookyoutube instagram
20th April 2025

ހަނިމާދޫ ކެތިއަރާ މަސްރޭސް މިއަހަރު ހަމައެކަނި އަންހެންވެރިންނަށް !

May 29, 2018

ހަނިމާދޫ ކެތިއަރާ ޖަމިއްޔާ ކޮންމެ އަހަރަކު ފިތުރު އީދު ދުވަހާ ގުޅުވައިގެން ބާއްވަމުން އަންނަ މަސްރޭސް މިއަހަރު ހާއްސަކޮށްފައިވަނީ ހަމައެކަނި އަންހެންވެރިންނަށް އެކަމަށް އެޖަމިއްޔާ ބުނެފި އެވެ.

ކެތިއަރާ ޖަމިއްޔާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަހަރު މަސްރޭސް ބާއްވަން ނިންމާފައިވަނީ ހަމައެކަނި އަންހެންވެރިންނަށް ހާއްސަކޮށް ކަމަށެވެ. މިދިޔަ އަހަރުތަކުގައި މި މުބާރާތް ބާއްވަމުން ގެންގޮސްފައިވަނީ ދެ ޖިންސަށް ހުޅުވާލައިގެންނެވެ.

މިއަހަރުގެ މަސްރޭސް ހަމައެކަނި އަންހެނުންނަށް ބައިވެރިވެވޭގޮތަށް ނިންމީ ހަނިމާދޫއަކީ ނިސްބަތުން އަންހެންވެރިންނަށް ހިންގޭ މުބާރާތްތަކާއި ކުޅިވަރު ހަރަކާތްތަކާއި އަދި ފުރުސަތުތައް މަދުވުމުން ކަމަށް ކެތިއަރާއިން މައުލޫމާތުދެ އެވެ.

މަސްރޭހުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޖޫންމަހުގެ 5 ވަނަ ދުވަހެވެ. ފައިސާގެ އިނާމާ ޓްރޮފީ ދޭގޮތަށް ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް އަދި ގަވައިދު “އައިކްލިކް” ސްޓޫޑިއޯއިން ލިބެން ހުންނާނެކަމަށް ކެތިއަރާއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355