twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފި

May 30, 2018

ދިރާގު ވެބްސައިޓް ނުވަތަ ދިރާގުން ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން ތައާރަފު ކުރި “ramadanmv” މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްވޭނެގޮތް ހަމަ ޖައްސައިފިއެވެ.

މިހާރު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ހައްދަވަން ޖެހޭނެގޮތަކީ، ދިރާގު ވެބްސައިޓަށް ވަދެ ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިއްތަލުމަށްފަހު ޕޯޓަލް ހުޅުވުމުން އެ ބޭފުޅަކު ޒަކާތާތް ދައްކަވާ ވަރުގެ ތަފްސީލު ފުރިހަމަކޮށްލާނީއެވެ. އައަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރ އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދައްކާ ނިމުނީއެވެ.

ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެކެވުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެއެވެ.

ދިރާގު “ramadanmv” އެޕް މެދުވެރިކޮށް ޒަކާތް ދައްކަވާނަމަ އެޕްލިކޭޝަން ގެ “zakat” ޖަހާފައި އިންނަ ޓެބަށް ފިއްތަވާލާނީއެވެ. އަދި ދިރާގު ޕޭ ޕޯޓަލް ހުޅުވުމުން ކުރިން ދެންނެވި ފަދައިން ކުރިއަށްގެންދަވާނީއެވެ.

ދިރާގު ޕޭ ޕޯޓަލް މެދުވެރިކޮށް، މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކެވޭނެ ކަމަށް އެކުންފުނިން ހާމަކުރެޔެވެ.

މި އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލަ މީހާގެ އިތުރުން އެހެން މީހުންގެ ނަމުގައި ވެސް ފިތުރު ޒަކާތް ދެއްކެވޭނެއެވެ.

އެހެން އަހަރުތެކެކޭ އެއްފަދައިން މި އަހަރުވެސް ދިރާގުން ވަނީ ޕްރިޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ހިލޭ ފަހި ކޮށްދީފައެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ *777# މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ.

ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށްވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށްވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމެވެ.

މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ދިރާގުޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

އަދި ހަމަ އެއައެކު، ފަހި ޕޭ އެޕް، ފަސޭހަ ރިޗާޖް އަދި ރެޕިޑް ރީޗާޖް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް ދިރާގު ޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355