twitterviber whatsapp telegramfacebookyoutube instagram
24th April 2024

“އެސްޓީއޯ-ޖީއީ ޓްރެއިނިން އިންސްޓިޓިއުޓް” އެކުލަވާލުމަށް އެމްއޯޔޫގައި ސޮއިކޮށްފި

May 31, 2018

ސިއްހީ ދާއިރާއިން މީހުން ބިނާކޮށް އަދި ހުނަރު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިންސްޓިޓިއުޓެއް އެކުލަވާލުމުގެ ޖީއީ ހެލްތްކެއަރ އާއި އެސްޓީއޯ އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި މަހު 29 ވަނަ ދުވަހު މި އެމްއޯޔޫގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު އާއި ޖީއީ ހެލްތްކެއަރގެ ފަރާތުން އެކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމަރ އެންގޭޖްމަންޓްގެ މިސަރަހައްދުގެ ހެޑް، މރ. މަރޫތު ސެތިއާއެވެ.

މި އެމްއޯޔޫގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމާޒުކުރުމަށް ހަމަޖެހިފައިވަނީ އެކްސްރޭ ޓެކްނީޝަނުން އުފެއްދުމަށާއި، މިދާއިރާއިން ހުނަރު އިތުރަށް ތަރައްގީ ކުރުމަށެވެ. އަދި މީގެ އިތުރުން އެސްޓީއޯގެ ސްޓާފުންގެ ހުނަރު އިތުރަށް ބިނާކޮށް ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެސްޓީއޯއިން މިއަދު މައުލޫމާތު ދެއްވިއެވެ.

ސޮއިރުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަހްމަދު ޝަހީރު ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯއަކީ ސިއްހީ ދާއިރާއިން ރާއްޖޭގެ ހުރިހާ ކަންކޮޅެއް ހިމެނޭގޮތަށް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެއްކަމަށާއި އަދި މިދާއިރާއިން މީހުން ބިނާ ކުރުމަކީ ކުންފުނިން ވަކިން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަން ބަޔާންކޮށް، މި ޕާޓްނަރޝިޕްގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

އެސްޓީއޯއާއެކު މިއުފެދުނު ޕާޓްނަރޝިޕަށް އަލިއަޅުވާލައްވަމުން މަރޫތު ސެތިއާ ވިދާޅުވީ ހަމައެކަނި މެޝިނަރީއިން ސިއްހީ ހިދުމަތް ފުރިހަމަ ނުވާނެ ކަމަށާއި، ފަންނީ ތަމްރީނުތަކަކީ އިކުއިޕްމަންޓްގެ ބޭނުން އެކަށޭނަ ގޮތުގައި ހިފައި، ސިއްހީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355