twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ދަނީ ހަލުވި ދުވެލީގަ: މިނިސްޓަރ ޒަމީރު

Jun 2, 2018

ސަރުކާރުން އުންމީދުކުރި ހަލުވި ދުވެލީގައި ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް ކެމްޕެއިން ކުރެއްވުމަށްޓަކާ މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ މިނިސްޓަރ ޒަމީރު ވަނީ ކުޅުދުއްފުށީ އެއާޕޯޓް ހަދައި ސަރަހައްދަށް ވަޑައިގެން، މަސައްކަތްތައް ބައްލަވާލައްވާފައި އެވެ.

އެއާޕޯޓް ސަރަހައްދުގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ދައުލަތުގެ މީޑީއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އެމަޝްރޫއު ކުރިއަށްދަނީ ސަރުކާރުން އުންމީދުކުރި ހަލުވި ދުވެލީގައި ކަމަށެވެ.

އެއާޕޯޓް އަޅަނީ ކުޅި އާއި އެސަރަހައްދުގެ މޫދުން ބައެއް ހިއްކައިގެންނެވެ. މިނިސްޓަރު ވިދާޅުވީ ކުޅިން ހިމެނޭ ސަރަހައްދުގެ ބޮޑު ބަޔަކު ޗަކަ ނަގަން ޖެހޭ ކަމަށާއި މިހާރު އެމްޓީސީސީ ކުރަމުން އަންނަނީ އެމަސައްކަތް ކަމަށެވެ. އަދި އެއާޕޯޓްގެ އަމަލީ މަސައްކަތް އަވަހަށް ފެށުމަށްޓަކާ އެމްޓީސީސީ ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން އެމަސައްކަތްތައް ބޭނުންވާ ވެހިކަލްތަކާއި އެހެނިހެން ވަސީލަތްތައް ގެނެސްފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭ، އެއާކްރާފްޓްތައް ޕާކުކުރުމަށް ހަދާ އޭޕްރަން ހެދުމަށް ހަވާލުކޮށްފައިވަނީވެސް އެމްޓީސީސީ އާ އެވެ.

ވެރިކަމުގެ ފުރަތަމަ ދެ އަހަރު ކުޅުދުއްފުށީގައި އެއާޕޯޓެއް ގާއިމްކުރުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355