ކުޅުދުއްފުށީގެ ހުރިހާ މިސްކިތްތަކެއްގައި ދަމު ނަމާދުކުރާގޮތަށް ހަމަޖައްސައިފި އެވެ. ކުރިން ދަމު ނަމާދު ޖަމާއަތުގައި ކުރާގޮތަށް ކައުންސިލުން ބުނެފައިވަނީ ޖަމާއަތު މިސްކިތްތާއި ހުކުރު މިސްކިތުގައި އެކަންޏެވެ.
ނަމަވެސް ކައުންސިލުން އަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ހުރިހާ މިސްކިތެއްގައި ދަމު ނަމާދުކުރާނެ ކަމަށެވެ.
އެގޮތުން ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:-
މަސްޖިދުލް ޙަޟާރަތު
މަސްޖިދުލް ހަސަނާތު
މަސްޖިދުލް ނޫރު
މަސްޖިދުލް ޖަމާޢަތު
މަސްޖިދުލް ޢުލާ
މަސްޖިދުލް ނޫރު މިސްކިތް ފިޔަވާ އެހެން ހުރިހާ މިސްކިތްތަކެއްގައި ދަމުނަމާދު ކުރަން ފަށާނީ މެންދަމު 2:00 ގަ އެވެ. ނޫރު މިސްކިތުގައި ދަމު ނަމާދުކުރަން ފަށާނީ މެންދަމު 2:15 ގަ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ރޯދަމަހުގެ ފަހު 10 ގައި ޖަމާއަތުގައި ކުރާ ދަމު ނަމާދު ކުރާއިރު އިއުތިކާފަށް އިނުމަކީވެސް ގަދަވެގެންވާ ސުންނަތެކެވ