ޤުރުއާނާ ބެހޭ މަރުކަޒުގެ ކުޅުދުއްފުށީ ގޮޮފީގައި އަންނަމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ ޖުލައި މަހު 1 ގައި ފަށަން ހަމަޖެހިފައިވަނީ ޤިރާޔަތު ސެޓްފިކެޓް 1 އަދި 2 ކެވެ.
ޤިރާޔަތު ސެޓްފިކެޓް 1 އަކަށް ވަނުމުގެ ފުރުސަތު ލިބެނީ ފަށާތައުލީމް ނިންމާފައިވާ ( ގުރޭޑް 7 ނިންމާފައިވާ ) ނުވަތަ އުމުރުން 16 އަހަރުފުރި ، މަރުކަޒުން ދޭ ބަސްދީގަތުމަކުން ފާސްވާ ފަރާތްތަކަށެވެ. މި ކޯހުގެ މުއްދަތަކީ 2 މަސް ދުވަހެވެ.
ޤިރާޔަތު ސެޓްފިކެޓް 2 އަކަށް ވަނުމުގެ ފުރުސަތު ލިބެނީ މަރުކަޒުން ދޭ ބަސްދީގަތުމަކުން ފާސްވުމާއެކު ޤިރާޔަތު ސެޓިފިކެޓް 1 ނިންމާފައިވާ ފަރާތް ތަކަށެވެ. މިކޯސް ކުރިޔަގެންދަން ހަމަޖެހިފައިވަނީ 4 މަސްދުވަހަށެވެ.
މިކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ބަލައި ގަތުން މިމަހުގެ 3 ން 21 ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކައުންސިލު އިދާރާގައި އޮންނާނެވެ.