twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގައި ޕްލާސްޓިކް އިޔާދަކުރާ ލެބެއް ހުޅުވައިފި

Jun 6, 2018

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕުލާސްޓިކް އިޔާދަ ކުރާ ލެބެއް ހުޅުވައިފި އެވެ.

ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ އިން ޤާއިމްކުރި މި ލެބް ޤައިމްކޮށްފައިވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ސައިޓުގައެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ލެބް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހީމެއެވެ.

އެންވައިރޮންމަންޓް މިނިސްޓްރީއާއި ވެމްކޯ އަދި ޕާލޭ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން، ދުވާލެއްގެ މައްޗަށް 100 ކިލޯއާއި 500 ކިލޯއާއި ދެމެދުގެ ޢަދަދަކަށް ޕްލާސްޓިކް ވިރުވައިގެން ސާމާނު އުފެއްދުމުގެ މަސައްކަތް ކުރާނެއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްލާސްޓިކް ކަމަށާއި މިޤައުމުގައި ޕްލާސްޓިކް ބޭނުންކޮށްގެން ބޮޑެތި ވިޔަފާރިތައް ކުރިއަށްގެންދާއިރު އެކަމާ އެފަރާތްތަކުން ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުން މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ ސަރުކާރުން ގެންދަވަނީ ޕްލާސްޓިކް ބޭނުންކުރާ ނިސްބަތް ރާއްޖޭގައި މަދުކުރުމަށް މަސައްކަތް ކުރަމުންކަމަށާއި އެމަސައްކަތް ކާމިޔާބު ކުރެވޭނީ އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިން އެކަމަށް އެއްބާރުލުން ދީގެންކަމަށެވެ.

ޕްލާސްޓިކް ރީސައިކަލްކުރާ ލެބް މިނިސްޓަރ ހުޅުވައިދެއްވަނީ–

ރާއްޖޭގައި މުޅިން އަލަށް ޕްލާސްޓިކް ރީސައިކަލްކޮށް ދެވަނަ ފަހަރަށް ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ތަފާތު އެކި ބާވަތްތަކުގެ ސާމާނު ހެދުމަށް ޤާއިމްކޮށްފައިވާ ލެބް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާލޭގެ ފަރާތުން ވާހަކަދައްކަވަމުން ޕާލޭގެ ރާއްޖޭ ގޮފީގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހީނާ ޢަލީ ވިދާޅުވީ މި ޕްރޮޖެކްޓްގައި ޕްލާސްޓިކް އެއްކުރާ މައިގަނޑު ތަންތަނަކީ ސްކޫލްތައްކަމަށާއި މިމަސައްކަތުގައި ވެމްކޯގެ އެއްބާރުލުން ޕާލޭއަށް ލިބޭކަމަށެވެ.

ޕާލޭއިން މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވެފައިވަނީ ވެރިރަށް މާލެއަށްކަމަށް ޝަހީނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ އެކި ޙަރަކާތްތައް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355