އެސްޓީއޯއިން ވިއްކަމުންދާ ޑީސަލުގެ އަގަށް މިއަދު ބަދަލު ގެނެސްފި އެވެ.
އެގޮތުން މިއަދުން ފެށިގެން ޑީސަލްގެ އަގު ވަނީ ލީޓަރަކުން 10 ލާރި ބޮޑުކޮށްފައި އެވެ. މިބަދަލާއެކު އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 11.23 ރުފިޔާއަށެވެ.
މިބަދަލާއެކު ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރިކުރަމުންދާ އެތުމާއިންވެސް ވަނީ ޑީސަލުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފަ އެވެ. އެގޮތުން ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 11.77 ރުފިޔާއަށެވެ.
އެތުމާއިން ކުރިން ޑީސަލު ލީޓަރެއް ވިއްކަމުންގެންދިޔައީ 11.67 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނީ ޑީސަލްގެ އަގަށް ބަދަލުގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ.