twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރިޔާސީ އިންތިހާބު ސެޕްޓެމްބަރ 23 ގައި ބާއްވަން ނިންމައިފި

Jun 7, 2018

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބު އޮންނަ ދުވަސް އިއުލާނުކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއެކު އިންތިހާބާބެހޭ މައި މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވާއިރު، އިންތިހާބުގައި ބައިވެރިވުމަށް ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި އިންތިހާބުގައި ބައިވެރިވުމަށް 10 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ، އިންތިހާބުގެ ވޯޓާރސް ލިސްޓް އަންނަ އާދިއްތަ ދުވަހު އިއުލާނުކުރާނެ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށެހުޅުމުގެ ފުރުސަތު ޖުލައި މަހުގެ 10 އާ ހަމައަށް އޮންނާނެ ކަމަށެވެ.

އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރެޖިސްޓްރޭޝަނުގެ ކަންކަން ވެސް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި މިހާތަނަށް ވެރިކަން ކުރާ ޕާޓީގެ ފަރާތުން ރައީސް ޔާމީން ކުރިމަތިލައްވާނެކަން އިއުލާނުކޮށްފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޕްރައިމަރީއެއް ބާއްވައި އެޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކަށް ހޮވާފައިވަނީ ރައީސް ނަޝީދެވެ. އެހެންނަމަވެސް އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން އަދި ރަސްމީކޮށް މިހާތަނަށް ވަކި ކެނޑިޑޭޓެއް އިއުލާނުކޮށްފައެއް ނުވެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނަނީ އާދީއްތަ ދުވަހެއްގައެވެ. އެއީ ސަރުކާރުގެ ރަސްމީ ދުވަހެއްކަމުން އެ ދުވަސް ބަންދު ކޮށްދިނުމަށް ސަރުކާރުގައި އެދޭނެކަމަށް މިރޭ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355