twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކުޅުދުއްފުށިން އަތުލައިގަނެފި

Jun 8, 2018

ކުޅުދުއްފުށިން ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި އެތަކެއްޗާ ގުޅުން ހުރި މީހަކު ހައްޔަރުކޮށްފި އެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށި ޕޯސްޓް އޮފީހުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު، އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހޯދުމަށް މިމަހުގެ 5 ވަނަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށިން ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ނަމުގައި ހުރި ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާއިރު މިތަކެތީގެ ބަރުދަނުގައި 563 ގްރާމް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވާއިރު މިއީ ފަހުގެ ތާރީހެއްގައި އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކުޅުދުއްފުށިން އަތުލައިގަތް ފުރަތަމަ ފަހަރަށް ވެދާނެ އެވެ.

މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހްގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355