twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބައިނަލް އަގުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަރުގަދަ މެސެޖެއް !

Jun 9, 2018

ބައިނަލް އަގުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރާ އިރު ދިރާގުން ނެރުނު ވީޑިއޯގައި ކަނޑުން ފޮނުވަނީ މެސެޖެކެވެ.

މި ވީޑިއޯ އިން ދައްކުވައިދޭ އަސަރު ގަދަ މެސެޖު އެންމެ ފުރިހަމަ އަށް ލިބިގެން ދާނީ މި ވީޑިއޯ ބަލާލުމުންނެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޕާލޭ މޯލްޑިވްސް އާއި ގުޅިގެން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފެށި “ފޯ ދި އޯޝަންސް” ކެމްޕެއިން ގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމައުއަށް އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށް ގޮވާލާ ގިނަ ފަހަރު ބޭނުން ކުރެވޭނެ ކޮތަޅު ގެންގުޅުމަށް ބާރުއަޅާފައިވެއެވެ.

އެގޮތުން މިއަދު ދިރާގުގެ ކޮންމެ މުވައްޒަފަކަށް މި ކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުން މި ޚާއްޞަ ދުވަހާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ގިނަފަހަރު ބޭނުން ކުރެވޭ ކޮތަޅު ހަދިޔާކުރިއެވެ.

ދިރާގުން ބުނީ ކޮތަޅުތައް މުވައްޒަފުންނަށް ހަދިޔާކުރި އެންމެ ބޮޑު މަގުސަދަކީ އެ މުވައްޒަފެއްގެ ފަރުދީ ޒިންމާ އަދާ ކުރުމަށް ބާރު އަޅާ، ޕްލާސްޓިކު ކޮތަޅު ގެންގުޅުން މަދު ކުރުމަށް އެއްބާރު ލުމުގެ ގޮތުންނެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަދި ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅު ބޭނުންކުރުމުގެ އާދަ މުޖުތަމައުގައި އަށަގެންނެވުމުގެ ގޮތުން ދިރާގުން ވަނީ ބައެއް ސުޕަމާކެޓް ތަކުން މިއަދު މި ކޮތަޅުތައް ލިބޭނެ ގޮތް ހަމަ ޖައްސާފައެވެ.

އަދި ދިރާގު ހެޑް އޮފީސް ލޮބީ އިން އަދި ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފަވެއެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރ ބިޝާރާ ޙަމީދު ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. ދިގު މުއްދަތަކަށް ދިރާގުން ކުރިއަށް ގެންދާ މި ކެމްޕެއިން އަކީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމުގެ ނުރަގަނޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކުންފުނީގެ ސީއެސްއާރްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355