twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި އިންފުލުއެންޒާ ވެކްސިން ޖަހައިދޭން މާދަމާ ފަށަނީ

Jun 9, 2018

ކުޅުދުއްފުށީގައި އިންފުލުއެންޒާ ވެކްސިން ޖަހައިދޭން މާދަމާ ފަށާނެކަމަށް ހދ. އަތޮޅު ހެލްތް ސާރވިސަސް ހާމަކޮށްފި އެވެ.

ހދ. އަތޮޅު ހެލްތް ސާރވިސަސް ބުނީ ކުޅުދުއްފުށީ އެސްޓީއޯ ބޭސް ފިހާރައަށް މިހާރު އިންފުލުއެންޒާ ވެކްސިން ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމަށް ފަހު ވެކްސިން ގަންނަ ޖެހޭނީ އަމިއްލައަށް ކަމަށާއި ގަނެގެން ގެނައުމުން ވެކްސިން ޖަހާދިނުމުގެ ހިދުމަތް އެ ސާރވިސް އިން ފޯރުކޮށްދޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ވެކްސިންއަކީ ޑޮކްޓަރެއްގެ ބޭސް ސިޓީއަކާނުލައި ގަންނަން ލިބޭނެ އެއްޗެއް ނޫންކަމުން އެކަން ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާދާމާ އިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 10:30 ން 13:00 އަށް އުފަންހިޔާގައި ޑޮކްޓަރެއް އިންނަވާނެ ކަމަށެވެ. އަދި ވެކްސިން ޖަހައިދިނުން ކުރިއަށްދާނީ 10:00 ން 14:00 ކަމަށް އެ ސާވިސަސްއިން މައުލޫމާތުދެ އެވެ.

ވެކްސިން ޖަހަން އަންނަ އިރު ކުޑަ ކުއްޖެއްނަމަ ވެކްސިން ކާޑު އަދި ބޮޑު މީހެއްނަމަ އައިޑީ ކާޑު ބޭނުންވާނެ ކަމަށާއި ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށު މީހުންނަށްވެސް ވެކްސިން ޖަހާދޭނެ ކަމަށް އެސާރވިސް އިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިދުވަސްވަރު ފެތުރެމުންދާ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

އިންފުލުއެންޒާއަކީ އިންފުލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ. މި ބަލީގެ އަލާމާތަތަކަކީ ހުންއައުމާއި، ކެއްސުމާއި، ކަރުގައި ރިއްސުން، ބޮލާއި ގައިގައި ރިއްސުން ފަދަ އާންމު ހުމެއްގެ އަލާމަތްތައް ކަމުގައިވާއިރު އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތްތަށްވެސް މެދުވެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355