twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެންމެ އަލިގަދަ ތަރިއަކަށް ނާދިހް އަބްދުލްހަމީދު

Jun 12, 2018

ދިވެހި ރާއްޖޭގައި ބާވާ އެންމެ އަލިގަދަ ތަރި ޖޫނިއަރ ގެ އެއްވަނަ އަލްޙާފިޡް ނަދީހް ޢަބްދުލްޙާމީދު ހޯދައިފިއެވެ.

ޕީއެސްއެމްއިން ބޭއްވި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖުނިއަރ ޝަރަފު އަލްޙާފިޡް ނާދިހް އަބްދުލްހަމީދު ހޯދީ ރާއްޖޭގެ 4 ސަރަޙައްދެއްގައި ބޭއްވި އޮޑިޝަންގައި ބައިވެރިވި ބައިވެރިންގެ ތެރެއިން މުބާރާތަށް ހޮވުނު 12 ބައިވެރިންނާ ވާދަކޮށެވެ.

މުބާރާތުގެ ދެވަނަ ހޯދާފައިވަނީ މުހައްމަދު ސާޢީ މުބާރިކެވެ. ތިންވަނަ ހޯދާފައިވަނީ އަބްދުﷲ ހަޔާން ހަމީޒެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރ އަކަށް އަލްޙާފިޡް ނާދިހް އަބްދުލްހަމީދު ހޮވުނީ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ ގެ ގްރޭންޑް ފިނާލޭގައި ގަދަ 5 ބައިވެރިންގެ ކިޔެވުމަށް ބެއްލެވުމަށްފަހު ޖަޖުންގެ ޕެނަލުން ދެއްވި މާކްސްއާއެކުއެވެ.

ޕީއެސްއެމުން ދިން 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އަލިގަދަ ތަރި ޖޫނިއަރގެ ލަގަބް އަދި އިނާމްތައް ހަވާލުކޮށްދެއްވީ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދެވެ.

މުބާރާތުގެ ދެވަނައަށް ހޮވުނު މުޙައްމަދު ސާޢީ މުބާރިކަށް ޕީއެސްއެމް އިން ހުށައެޅީ އެއްލައްކަ ފަންސާސްހާސް ރުފިޔާ ހަވާލުކޮށްފައިވާއިރު ތިންވަނައަށްދިޔަ އަބްދުﷲ ހަޔާން ހަމީޒަށް ވަނީ ފަންސާސްހާށް ރުފިޔަގެ ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރއަކީ ކީރިތި ގުރުއާން ކިޔެވުމުގެ ހުނަރާއި ގުރާއާނާމެދު މުޖުތަމައުގައި އޮންނަ ގަދަރު މަތިކޮށް ގުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355