twitterviber whatsapp telegramfacebookyoutube instagram
18th April 2026

ހދ ގައި ވޯޓުލުމުގެ ހައްގުލިބިފައިވަނީ 18692 މީހުންނަށް !

Jun 12, 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް  އާންމުކޮށްފި އެވެ.

ގެޒެޓްގައި ލިސްޓް އާންމުކޮށް ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖުލައި 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.

މިއަހަރު ކުޅުދުއްފުށީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 6604 މީހުންނަށެވެ. ހދ އަތޮޅުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 18692 މީހުންނަށެވެ. އެންމެ އާބާދީ ބޮޑު އައްޑޫގައި ޖުމްލަ 24،525 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. އަދި ފުވައްމުލަކު ސިޓީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 8823 މީހުންނަށެވެ.

އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރެޖިސްޓްރޭޝަނުގެ ކަންކަން ވެސް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން ނިންމައިވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހުއެވެ.

މި އިންތިހާބުގައި މިހާތަނަށް ވެރިކަން ކުރާ ޕާޓީގެ ފަރާތުން ރައީސް ޔާމީން ކުރިމަތިލައްވާނެކަން އިއުލާނުކޮށްފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޕްރައިމަރީއެއް ބާއްވައި އެޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކަށް ހޮވާފައިވަނީ ރައީސް ނަޝީދެވެ. އެހެންނަމަވެސް އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން އަދި ރަސްމީކޮށް މިހާތަނަށް ވަކި ކެނޑިޑޭޓެއް އިއުލާނުކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355