މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށިން 140،196ރ ބަލައިގަނެފައިވާކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.
ޒަކާތް ދެއްކުމަށް ކަނޑައެޅި މުއްދަތު މިއަދު ހަމަވިއިރު ކުޅުދުއްފުށީ ކައުންސިލަށް 8903 މީހަކު ޒަކާތް ދައްކައިފައިވެ އެވެ.
ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެންމެ ގިނައިން ޒަކާތް ދައްކާފައިވަނީ އާދައިގެ ހަނޑުލުންނެވެ. އެގޮތުން އާދައިގެ ހަނޑުލުން 8115 މީހަކު ޒަކާތް ދެއްކި އެވެ. އެއީ 97380ރ އެވެ.
މެދު ހަނޑުލުން 580 މީހަކު ޒަކާތް ދެއްކި އެވެ. އެއީ 27840ރ އެވެ. މޮޅު ހަނޑުލުން 208 މީހަކު ޒަކާތް ދެއްކި އެވެ. ރުފިޔާއިން ބަލާނަމަ އެއީ 14970ރ އެވެ.
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަ ފެށީ ރަމަޟާންމަހު ފަސްވަނަ ދުވަހު އެވެ.