twitterviber whatsapp telegramfacebookyoutube instagram
29th March 2024

މާފިނޮޅުގެ އެއާޕޯޓުން ގައްލަންދޫ އެތެރެވަރީގެ ރައްޔިތުންނަށް ބޮޑު ލުޔެއް، ރައީސަށް ހާއްސަ ޝުކުރެއް !

Jun 13, 2018

ހއ ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި އެއާޕޯޓެއް އެޅުމަށް ނިންމާ، އެކަމުގެ އަމަލީ މަސައްކަތް ފެށުމުން ހޯރަފުށީގެ ރައްޔިތުންނާއި، ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށް ހާއްސަ ޝުކުރެއް ދަންނަވައިފި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމާ، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ ތެރޭގަ އެވެ.

ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސޮއެ ކުރައްވާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާފިނޮޅުގައި އެއާޕޯޓް އެޅުމަށް ހަމަޖައްސާ އެކަމުގެ އަމަލީ މަސައްކަތް ފެށުމަކީ ތަކަމާރަންދޫއާއި ގައްލަންދޫގެ އެތެރެވަރީގެ ރައްޔިތުންނަށް އާދަޔާ ހިލާފު އުފަލެއް ލިބިގެންދާނެ ކަމެއްކަމަށެވެ. އަދި މިއީ އެރަށްތަކުގެ ރައްޔިތުން ހުޅަނގު މޫސުމުގައި ހަނިމާދޫއަށް ކުރަމުންދިޔަ ބިރުވެރި އަދި ނުރައްކާތެރި ދަތުރުތަކަށް ލިބިގެން ދިޔަ ހައްލެއްކަމަށެެވެ.

އަދި މި ނިންމެވުމަކީ އައިހެވަން މަޝްރޫއު ހަގީގަތަކަށް ވުމުގެ ފެހި ސިގްނަލެއްކަމަށް ވެސް ބުނެފައިވެއެވެ.

މި ބަޔާނުގައި ހޯރަފުށީގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ސަރުކާރަށާއި ރައީސް ޔާމީނަށް އަދި ދައުލަތުގެ ވަޒީރުންނަށްވެސް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

އަަދި ހޯރަފުށި ރައްޔިތުންނަށާއި، އެކައުންސިލުން އަބަދުވެސް އޮންނާނީ ސަރުކާރަށް ނުހަނު އިހްލާސްތެރިކަމާއެކުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހޯރަފުށީގެ ތަރައްގީއަށްވަނީ  ގިނަ މަސައްކަތެއް  ކޮށްދެއްވާފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355